ހުއްދައެއްނެތި މަގުމައްޗަށް ނިކުމެ އުޅުނު، 220 މީހަކު ޖޫރިމަނާކޮށް 9 މީހަކު ހައްޔަރުކޮށްފައިވާކަމަށް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.
ޖުރުމަނާކުރަނީ1000 ރުފިޔާއިންނެވެ. 220 މީހުންނަށް ބަލާއިރު އެއީ220000 ރުފިޔާއެވެ.
މި ކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހުކުރުދުވަހު ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު، 220 މީހުން ޖޫރިމަނާކޮށްފައިވާކަމަށެވެ.
އަދި އޭގެތެރެއިން 9 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށް ވެސް، ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ހާމަކުރިގޮތުގައ، މާލޭސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުތް ޖުމްލަ 171 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ.
މާލޭސިޓީން ހުކުރުދުވަހު 220 މީހަކު ޖޫރިމަނާކޮށްފައިވާއިރު، އޭގެ ކުރީދުވަހުގައި ވެސް 170 މީހަކު ޖޫރިމަނާކޮށް، 9 މީހަކު ހައްޔަރުކުރިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

