ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމިގިއްޔަށް އެތެރެކުރި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް!

ޓުރެފިކް އޮޕަރޭޝަނެއްގައި ފުލުހުން މާމިގިލީގައި ހަރަކާތްތެރިވަނީ. ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ.މާމިގިއްޔަށް އެތެރެކޮށްފައިވާ، މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. 

ފުލުހުން މިއަދު ބުނީ، މާލެއިން މާމިގިއްޔަށް މުދާ ބަރުކޮށްގެންދިޔަ ދޯންޏެއްގައި، ވެރިއަކުނެތް ފޮށިގަނޑެއް ހުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، މި މަހުގެ 7 ވަނަ ދުވަހުގެރޭ، އެ ފޮށިގަނޑު ގެނެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

މި ގޮތުން ބެލި ބެލުމުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް  އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ މާމިގިލި ޕޮލިސް ސްޓޭޝަނުން މިހާރު  ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.

ދާދިމިދާކަށް ދުވަހު ވެސް، މާމިގިލިންވަނީ މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން،  ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، 30 އަހަރުގެ ފިރިހިނެއް ހައްޔަރުކޮށްފައިވެއެވެ. މި ގޮތުން، 

އެ އޮޕަރޭޝަންގައި އެ ފިރިހެންމީހާ ހުއްޓުވައި ބަލައި ފާސްކުރި އިރު، އޭނާ އަތުން މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: