ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 766 އަށް އިތުރުވެއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހަށް އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 766 އަށް އިތުރުވެއްޖެއެވެ. 

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައިވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ގޮތުން އެ އޭޖެންސީން ބުނީ، ކޮރޯނާ ވައިރަހަށް 22 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެތެރޭގައި ދިވެހި 16 މީހަކާއި، ބަންގްލަދޭޝްގެ 04 މީހަކު ވެސް ހިމެނޭކަމަށެވެ.

މީގެ އިތުރުން، އިންޑިއާ މީހަކާއި ނޭޕާލްގެ މީހަކު ވެސް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަހަށް މިއަދު 22 މީހަކު ޕޮޒިޓިވްވެފައިވާއިރު، އައްޑޫ ސިޓީން ހާލު ބޮޑުވެގެން މާލެގެނައި މީހަކުވެސް މިއަދު މި ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. މި 22 މީހުންގެ ތެރޭގައި މި މީހާ ހިމެނޭކަމާމެދު އެއްވެސް އެއްޗެއް އެޗްޕީއޭއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދިވެހިރާާއްޖޭގައި މި ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު، ބަލި ޖެހޭ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި އަވަށްޓެރި ބަންގްލަދޭޝްގެ ގިނަ ބަޔަކުވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން، މި ބަލި ޖެހިގެން މިހާތަނަށް 3 މީހަކު މި ދުނިޔެ ދޫކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހާލަތު އެހާ ރަނގަޅުނުވާނެކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: