ވެމްކޯގެ މުވައްޒަފެއް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.
މި ކަން ހާމަކޮށް ވެމްކޯއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ، ކޮރޯނާ ވައިރަހަށް އެ ކުންފުނީގެ މުވައްޒަފަކު، ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ވެމްކޯއިން ބުނީ، ޕޮޒީޓިވްވެފައި ވަނީ، އެ ކުންފުނީގެ ކޯލްސެންޓަރުގެ މުވައްޒަފެއްކަމަށެވެ.
މި ގޮތުން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހޯދުމާއެކު އޮފީސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން ބުނީ، ކޯލް ސެންޓަރުގެ ހުރިހައި މުވައްޒަފުން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން، ވެމްކޯގެ މަސައްކަތްތަކަށް އަލިއަޅުވައިލަމުން އެ ކުންފުނިން ބުނީ، ޕޮޒިޓިވް ކޭސްއެއް ފެންމަތިވި ނަމަވެސް ކުނި ނެގުމުގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
ވެމްކޯގެ މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އައިޖީއެމްއެޗުގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ އިތުރުން ނަރުހަކު ވެސްވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

