ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ ކޮވިޑް19: ޓެސްޓް ކުރެވޭނެ ވަސީލަތެއް ގޮތެއް އަދި ނެތް: މޭޔަރ ސޯބެ

އައްޑޫ ސިޓީ މޭޔަރ ސޯބެ ސަންގުޓީވީގައި މައުލޫމާތުދެއްވަނީ...
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ އީކުއޭޓާ ހޮސްޕިޓަލުން ރޭ ފަތިހު މާލެ ގެނައި ބަލި މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން ކޮވިޑްގެ ނުރައްކާ އެސިޓީއަށް އޮތްނަމަވެސް ބައްޔަށް ޓެސްޓްކުރެވޭނެ ވަސީލަތެއް، ގޮތެއް އަދި ހަމަޖެހިފައި ނެތްކަމަށް އައްޑޫ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. 

ސަންގުޓީވީ ކޮވިޑް19 ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ފެނުމާއެކު އައްޑޫ ސިޓީއިން ގެންދަވަނީ އެޗްޕީއޭއާއި ސަރުކާރުގެ އިރުޝާދުގެ ދަށުން ހާލަތަށް ތައްޔާރުވަމުންކަމަށެވެ. މިގޮތުން އަވަށްތަކުގައި ސޯޝަލް ސަޕޯޓް ޑެސްކް ބެހެއްޓުމާއި، އެމަޖެންސީ އޮޕަރޭޝަން ފަދަ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. ނަމަވެސް އައްޑޫގައި ކޮވިޑް19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިނެތްކަމަށާއި، އެކަން ކުރަން ޖެހޭނީ މާލެއިންކަން ސޯބެ ފާހަގަކުރެއްވިއެވެ. 

“އަޅުގަނޑުމެން ޖެހޭނީ ސާމްޕަލްތައް މޭލެއަށް ފޮނުވަން. އައިޖީއެމްއެޗްއިން ޓެސްޓްކޮށް ނަތީޖާ ލިބޭނީ. ކޮވިޑް ހޮސްޕިޓަލް ނިމުނީމަ ތިކަންތައް ކުރެވޭނެކަމަށް މިބަލަނީ…. ދަންނަވަންޖެހޭނީ މިވަގުތަކު ނެތް އައްޑޫއިން ޓެސްޓް ކުރެވޭކަށް” މާލެ ސިޓީއަށްފަހު އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައިި ކޮވިޑް19 އަށް ޓެސްޓް ކުރުމާއިބެހޭގޮތުން ސޯބެ ވިދާޅުވިއެވެ.

މީގެއިތުރުން ސަންގަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮވިޑް-19 ގައ ބޭނުންކުރާނެ ޕީޕީއީވެސް އެކަށީގެން މިންވަރަށް އައްޑޫސިޓީގައި ނެތެވެ. 

އައްޑޫސިޓީ މިވަގުތުވަނީ ލޮކްޑައުން ހާލަތުގައިކަމަށްވެފައި، ކުރިއަށްއޮތް 14 ދުވަސް ވަންދެން ހުއްދަ ދެވިފައިވާ ފަރާތްތައް މެނުވީ އިތުރު ފަރާތްތަކުން ބޭރަށް ނުކުތުންވަނީ މަނާކުރެވިފައިކަމަށާއި، ޑެލިވަރީ ހައްދަވައިގެން ގެއަށް ތަކެތި ހޯއްދެވޭނެކަމަށް ސޯބެ ވިދާޅުވިއެވެ. ލޮކްޑައުންގެ ހާލަތަށް ގެނައުމުގެ ކުރިން ވެސް ޒަރޫރީ ބޭނުމެއް ނެތި މަގުތަކަށް ނިކުމެ ނޫޅުމަށް ކައުންސިލުން މީގެކުރިންވެސް އަންގާފައިވާކަން ސޯބެ ފާހަގަކުރެއްވިއެވެ. މީގެކުރިން ފިޔަވަޅު އަޅާފައިނެތްނަމަވެސް، މިހާލަތުގައި ހުއްދަނެތި ބޭރުގައި އުޅޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެމީހައާ ޑައިރެކްޓް ކޮންޓެކްޓުވި 26 މީހެއް ފާހަގަވެފައިވާކަމަށާއި، އެފަރާތްތައް ގޭގައި މަޑުކުރެއްވުމަށް އަންގަވާފައިވާއިރު އިތުރު ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދާކަމަށް ވިދާޅުވިއެވެ. މައުލޫމާތުލިބޭގޮތުގައި ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ. މިމީހާއާއި ކޮންޓެކްޓްވި އެއްވެސް ފަރާތެއްވާނަމަ އެކަން ހިއްސާކޮށްދެއްވުމަށް ސޯބެ އެދިވަޑައިގެންނެވިއެވެ. މިއީ އައްޑޫ ސިޓީއިން ފެނުނު ފުރަތަމަ ކޭސް އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: