ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާ އެކު ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ. އެ އިމްތިހާނު މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން އަދި އެޗްއެސްސީ އެޑެކްސެލް އިމްތިހާނުގައި 1،357 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި އަތޮޅު ތެރެއިން އޭލެވެލް އިމްތިހާނުގައި 1،689 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 906 ދަރިވަރުން ބައިވެރިވެ އެވެ. މިއަހަރު މުޅި ރާއްޖޭގައި އިމްތިހާނު ކުރިއަށް ދަނީ 53 ސެންޓަރެއްގަ އެވެ. އެއީ މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރަކާއި އަތޮޅުތެރޭގެ 49 ސެންޓަރެކެވެ.

އޭ ލެވެލް އިމްތިހާނު ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަތީ ސާނަވީ އިމްތިހާނަކީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގަޔާއި، ވަކީން ހާއްސަކޮށް މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި މުހިންމު މަރުހަލާއެއް ކަމަށެވެ. އަދި ދަރިވަރުންނަށް ހެޔޮ ދުއާ އާއި ކާމިޔާބީއަށް އެދިވަޑައިގެން، އިމްތިހާނަަށް ތައްޔާރުވުމަށް ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ ލިބި، އެންމެން ފަހުރުވެރިވާނެ ފަދަ ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގައި ހިންގި ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައިދޭން ފަށާފައިވާއިރު، ގިނަ ކުދިންނަށް ފުރުސަތު ދިނުމަށް ގްރޭޑް 11 އަދި 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ވަނީ އިސްލާހުކޮށްފަ އެވެ. މީގެއިތުރުން ކުރިން ކިޔަވައިދޭ ސްކޫލްތަކުގެ އިތުރަށް، މިދިޔަ އަހަރު އަލަށް 12 ސްކޫލެއްގައި ވަނީ އޭ ލެވެލް އަށް ކިޔަވައިދޭން ފަށައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: