ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީތައް ވިއްކޭނީ ސަރުކާރުގެ ހުއްދައާއިއެކު ފީ ދައްކައިގެން: މުއްތަލިބު

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްޤީކުރާ ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ގަނެވިއްކުމާއި ވާރުތަކުރުމުގެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ޚާއްޞަ ހުއްދައެއް ހޯދައި، ކަނޑައެޅިފައިވާ ފީއެއް ދައުލަތަށް ދެއްކުމަށްފަހުގައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވާ ވަޒީރު މުއްތަލިބު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 99 އަހަރަށް ކުއްޔަށްދޭ ތަނެއް ތިންވަނަ ފަރާތަކަށް ވިއްކާލުމުން، ގަންނަ ފަރާތަށް އިތުރު 99 އަހަރު އޮޓޮމެޓިކުން ލިބިގެންދާނެ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެތަނުން ޕްރޮޕަޓީއެއް ގަތް ނަމަވެސް، އެ ބިމުގެ އަސްލު މިލްކުވެރި ފަރާތަކީ ދިވެހި ދައުލަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގަތް ފަރާތް ނިޔާވުމުން އޮޓޮމެޓިކުން ވާރުތަވުމުގެ ބަދަލުގައި، އެކަންވެސް ކުރެވޭނީ ދައުލަތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ފީއެއް ދެއްކުމުން ކަމަށް ވިދާޅުވިއެވެ.

”ސަރުކާރުން ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަޑައެޅިފައިވާ ފީ ނެގުމަށްފަހު. އެހެން ކަމުން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފުވާހަކައެއް. ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކާ، ބަދަލުކޮށް، ވާރުތާ މުދާތަކެއް،“ މުއްތަލިބު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެސް ބޭރުގެ ފަރާތްތަކުން ހިންގާ ރިސޯޓުތަކަކީ ވެސް މިފަދައިން ގަނެވިއްކޭ މުދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެއިން ތަނެއް ގަތުމަކީ ދިވެހިރާއްޖޭގެ ރެސިޑެންޓް ވިސާ އޮޓޮމެޓިކުން ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ އިދާރާއިން ކުރާ ކަމެއް ކަމަށާއި، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެ އިދާރާއަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރެވޭނީ އިގުތިސާދީ ގޮތުން ފުދުންތެރި، ބޭރުގެ ނުފޫޒުތަކަށް ބޯނުލަނބާ ފަދަ ތަނަވަސް ގައުމަކަށް ރާއްޖެ ވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އިންވެސްޓްމަންޓްތައް އައިސް މުއްސަނދިވުމަކީ ބޭރުގެ ބާރުތަކުން ބޭނުންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ގައުމަށް މިވަގުތު އެންމެ މުހިންމީ ކުރު މުއްދަތެއްގެ ފައިދާއަށްވުރެ، އަންނަން އޮތް ޖީލުތަކަށް އޭގެ މަންފާ ކުރާނެ ދެމެހެއްޓެނިވި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމުގައި މުއްތަލިބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: