ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަ ފެނުމަށް އެންމެނަށް ކޮވިޑް ޖެހިދާނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ވެރިރަށް މާލެ ލޮކްޑައުންކޮށްފައި އޮތަސް، މި ރޯގާ ފެތުރެމުންދާ ހަލުވިކަމަށް ބަލާއިރު ފެންނަ ފެނުމުގައި ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު އެގޮތަށް ވިދާޅުވީ މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނިކޮށް މާލޭގައި ތާށިވެފައި ތިބި އެތައް ބަޔަކާއި ތޮއްޖެހިގެން ދިރިއުޅެމުންދާ އެތައް ބަޔަކު، އެބަޔެއްގެ ރަށަށް ފޮނުވުމަށް ސަރުކާރުން ގެންގުޅޭ އުސޫލުތަކަށް ފާޑު ވިދާޅުވަމުންނެވެ.

ނަޝީދު ވިދާޅުވީ ކޮވިޑްގެ ރޯގާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޖެހޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށާއި އެގޮތަށް ވިދާޅުވަނީ އެއީ ގިނަ މާހިރުން ގަބޫލު ކުރައްވާ ގޮތް ކަމަށްވާތީ ކަމަށެވެ. އަދި މިކަމާ ގުޅޭ މާހިރުން ތިބީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މުސްތަގުބަލު ބަރުބާދުވެގެން ނުދާނެ ގޮތަކަށް މި ރޯގާއިން ސަލާމަތްވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ރަށްރަށުގައި ކަރަންޓީނު ކުރާނެގޮތް ހަމަޖައްސައި އެރަށްރަށުގައި މީހުންނަށް ކަރަންޓީނުވެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެ ގާނޫނުގައި ބުނެފައިވާ ލާމަރުކަޒީ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް އަދިވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެކުލަވާލާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ލޮކްޑައުންގެ ޙާލަތަށް ގެނެވިފައިވިޔަސް، ބަލި ޖެހޭ އަދަދު އަދިވެސް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ”އަދި ފެންނަ ފެނުމުގައި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ“ ކަމަށެވެ.

”އިއްޒަތްތެރި މެމްބަރުން އަރިހުގައި ދަންނަވަނަޖެހެނީ މިކަމާ ބެހޭ މާހިރުން ތިބީކީ ހަމައެކަނި ދިވެހިރާއްޖެއަކު ނޫން. އަދި މިކަމާ ގުޅޭ މާހިރުންނަކީ އަޅުގަނޑުމެންވެސް ގައުމުތަކުގައި ގާތް ތިމާގެވެސް މީހުން. އަޅުގަނޑުމެންނަށްވެސް މި ވާނުވާ އެބަ އެނގޭ. މިތަނުގައި މިކަން މިގޮތަށް ކުރިއަށް ގެންގޮސްގެން އަޅުގަނޑަށް އެންމެ ސާފުކޮށް ފެންނަނީ ބެދޭ މަޅިއެއް ނުފެންނާނެއޭ ބުނާ ހަރުބަސް“ ނަޝީދު

ރާއްޖެ އިން މިހާތަނަށް 904 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 304 ދިވެހިންނާއި 600 ބިދޭސީންނެވެ. މި ބަލިން 31 މީހުން ރަނގަޅުވެފައިވާއިރު ބަލި ޖެހިގެން ތިން މީހަކު ނިޔާވެފައިވެއެވެ. އަދި ފަސް މީހަކަށް ފަރުވާދެނީ އައިސީޔޫގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: