ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އޭޑީކޭގައި ޕީސީއާރު ސިސްޓަމެއް ބަހައްޓައިފި

ފޮޓޯ: އޭޑީކޭ ޓްރޭޑިންގ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އޭޑީކޭ އިން ތައްޔާރުވެއްޖެއެވެ.

އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ ހޮސްޕިޓަލުގައި ޕީސީއާރު ސިސްޓަމް ބަހައްޓާފައިވާ ކަމަށެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓުކުރަނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބޯޓްރީގަ އެވެ.

އޭޑީކޭ ގްރޫޕްގެ ޓްވީޓުގައި ބުނެފައިވަނީ ޕީސީއާރު ސިސްޓަމް ބަހައްޓުމާއެކު ސަރުކާރުން ބޭނުންވާ ގޮތަށް ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

އެޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމް ބަހައްޓައި، މީހުން ތަމްރީނުތައް ކުރަމުން އަންނަ ކަމަށާއި އޭޑީކޭގެ އަމާޒަކީ ދުވާލަކު 600 ސާމްޕަލް ޓެސްޓް ކުރުން ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ވަރު އިތުރު ނުކުރެވޭ ނަމަ އެ ބަލީގެ ސާޖެއްއަޔަސް ނޭނގި ހިނގައިދާނެ ކަމަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން އަންދާޒާކޮށްފައިވާ ގޮތުގައި މިމަސް ނިމޭ އިރު ރާއްޖޭގައި ކޮވިޑް-19 ގެ ޕީކަށް ދާނެއެވެ. އެގޮތުން އެހާ ތަނަށް ދާއިރު އެއް ފަހަރާ 6000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވެނީ ގާތްގަނޑަކަށް 400 އެއް ސާމްޕަލްއެވެ. އަދި މިހާރު ގެންނަން މަސައްކަތްކުރާ މެޝިންތައް ގެނައުމުން ދުވާލަކު ޓެސްޓް ކުރެވޭ ސާމްޕަލްގެ އަދު 1000 އަކަށް ވުރެ އިތުރުކުރެވޭނެ ކަމަށެވެ. އެހެންކަމުން އޭޑީކޭފެ އަންދާޒާއާއެކު ދުވާލަކަށް 1600 ސާމްޕަލް ޓެސްޓު ކުރެވިގެންދާނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިމަސް ނިމޭ އިރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖް އައިކަން ނުވަތަ ނޫންކަން ޔަގީން ކުރެވޭނީ ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރެވިގެން ކަމަށާއި ޓެސްޓް ނުކުރެވި އެކަން ނުފެނިދާނެ ސަބަބަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ނުފެންނާތީ ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: