ކޮރޯނާ ވައިރަހަށް އިތުރު 51 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 955 އަށްވުރެ އިތުރުވެއްޖެއެވެ.
މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން( އެޗްޕީއޭ) ދެންމެ ކުރި ޓްވީޓެއްގައި ވަނީ، މި ކަން ކަށަވަރުކޮށްދެއްވާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ކޮރޯނާ ވައިރަހަށް މިއަދު 51 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ، ދިވެހި 12 މީހަކާއި، ބަންގްލަދޭޝްގެ 11 މީހަކާއި، އިންޑިއާގެ26 މީހަކާއި، ލަންކާ މީހަކާއި ނޭޕާލް މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

