ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ އަމުރަށް ނުކިޔަމަންތެރިވި އިތުރު 68 މީހުން ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ އަމުރަށް ނުކިޔަމަންތެރިވި އިތުރު 68 މީހުން ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.

މި ކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ،  ލޮކްޑައުންގެ އަމުރާއި ޚިލާފުވި ބުރާސްފަތި ދުވަހު މަގުމައްޗަށް ނިކުމެއުޅުނު 68 މީހުން ޖޫރިމަނާކޮށްފައިވާކަމަށެވެ.

އަދި އެއްވެސް ހުއްދައެއްނެތި މަގުމައްޗައް ނިކުމެ އުޅުނު 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން، އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައި، މާލޭސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުތް މީހުންގެތެރެއިން، މިހާތަނަށް210 މީހުން ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

https://twitter.com/PoliceMv/status/1261101855301439488?s=19

ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން ބުރާސްފަތި ދުވަހު ދުވަހު 68 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ބުދަ ދުވަހުވެސް 114 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެ އުޅުން މަނާކޮށްފައިވާއިރު، އެ އަމުރާއި ޚިލާފުވާ މީހުން 1000 ރުފިޔާއިން ޖޫރިމަަނާކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި އެ ކުށް ތަކުރާރުކޮށްފިނަމަ، ޤާނޫނު އަސާސީގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ މީހަކު ހައްޔަރުކުރާނެކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ނަމަވެސް، ޤާނޫނުގައި މި ފަދައިން ބަޔާންވެފައި އޮތަސް، ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިހުނަށްވުުރެ އިތުރުވެފައި އޮތްކަމަށް ވިޔަސް، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ ކޮންމެ ދުވަހަކު ވެސް މަގުމައްޗަށް ނިކުންނަ މީހުންގެ އަދަދު އާންމުގޮތެއްގައި 100 އިން މައްޗަށް އަރައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ޤައުމު ބިރާސްވެފައިވާއިރު، (ހާސްވެ ކަންބޮޑުވުން) ރާއްޖެއިން މި ވައިރަސް ޖެހުނު މީހުންގެތެރެއިން 4 މީހަކު މިހާތަނަށް ނިޔާވެފައިވެއެވެ. ހަމަ އެހެންމެ މި ވައިރަސް ޖެހުނު މީހުންގެ އަދަދު 982 އަށް އިތުރުވެފައިވާއިރު، ކުރިއަށް އޮތްތަނުގައި މި އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެކަމަށް ސިއްހީ މާހިރުން ލަފާކުރައްވައެވެ. މީގެ އިތުރުން، މި ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި 5 އަހަރު ނަގާފާނެކަމަށް ވެސް، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ހާމަކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: