ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުރިންދީފައިވާ ބައެއް ލުއިތައް ނުދިނުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުންގެ ފަރާތުން މިފަދަ ނިންމުމެއް އައިސްފައި މިވަނީ މި ދެހަފުތައަކީ، ރާއްޖޭގައި ކޮވިޑް-19 ގެ އެންމެ ބޮޑު ސާޖެއް އައިސް ޕީކަށް އަރާނެ ކަމަށް ސިއްޙީ މާހިރުން އަންދާޒާ ކުރައްވާފައިވާތީއެވެ.

ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ހުކުރު ދުވަހުން ފެށިގެން ވިޔަފާރިކޮށް، ބާޒާރު ކުރަން ދެން ނުކުމެވޭނީ ކޮންމެ ހަފްތާއަކު އެންމެ ދުވަހަކުއެވެ.

މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލެ ލޮކްޑައުންކޮށް، ކޮންމެ ގެއަކުން ހަފުތާ އަކު ތިން ދުވަހުން އެއް ދުވަހު ބާޒާރަށާއި އެހެނިހެން ބޭނުމަށް އެއްގަޑި އިރު އެކަކަށް ނުކުމެވޭ ގޮތަށް ފުލުހުން ހަމަޖައްސައި ދިނެވެ.

ފުލުހުން މިއަދު ބުނީ، ކުރީގެ އުސޫލު ބަދަލުކޮށް، އާ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އަލުން ހުއްދަ ހޯދަން ރަޖިސްޓްރީވެސް ވާންޖެހޭނެ ކަމަށެވެ.

އެގޮތުން ދެން ބާޒާރު ކުރުމަށް ކޮންމެ ގެއަކަށް ވެސް ކަނޑައަޅާފައިވާ އާ ގަޑިތައް، ފޯނަށް ފޮނުވާ މެސެޖަކުން އެނގޭނެ ކަމަށް ފުލުހުން ބުންޏެވެ.

މި ފިޔަވަޅާ އެކު، ކުރިއަށް މިއޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޭރުތެރޭގައި އާންމުން އުޅުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތްކުރާނެއެވެ. އަދި ފުލުހުން މިހާރު ވަނީ ދަންވަރު 1 ން ހެނދުނު 9 އާ ދެމެދު އާންމުންނަށް ސިނަމާލެ ބްރިޖަށް އެރުން ވެސް މަނާކޮށްފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އެޅުމަށްޓަކައި އޭޕްރިލް 15 އިން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށް ކޮންމެ 14 ދުވަހަކުން އެޗްޕީއޭ އިން އަންނަނީ މުއްދަތު އިތުރުކުރަމުންނެވެ. އެންމެ ފަހުން ކަނޑައަޅާފައިވާ އެ މުއްދަތު ހަމަވާނީ މި މަހުގެ 28 އަށެވެ

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ގެ 982 މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން ރަނގަޅުވީ 46 މީހެކެވެ. ހަތަރު މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ. އަދި އެގާރަ މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: