ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމަށް ޝަރީފްގެ ރައްދު: ބޭރު މީހުންނަށް ރަށްވެހިކަމެއް ނުދެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ގުޅޭގޮތުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ދެއްކެވި ވާހަކަތަކަށް މަޑުއްވަރީ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރައްދު ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލީ ތަނަވަސްކަން ހުރި ބައެއް މީހުން ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް ޝައުގުވެރިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މާލީ ތަނަވަސްކަން ހުރި، އަދި ރާއްޖޭގެ ރަށްވެހިކަން ބޭނުންވާ ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކަށް އެ ފުރުސަތު ދިނުމާ މެދު ވިސްނުން ރަނގަޅު ކަމަށެވެ.

އެ ފުރުސަތު ދިނުމުން ރާއްޖެ އަށާއި ރައްޔިތުންނަށް ވެސް ފައިދާތަކެއް ކުރާނެކަން ގަބޫލު ކުރެއްވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަދު ދިމާވެގެން އުޅޭ ހަލަތަކީ ކުރިއަށް އޮތް ތަނުގައިވެސް ދިމާވެދާނެ ހާލަތެއް ކަމަށާއި ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެގެން ނޫޅެވޭނެކަން މިވަނީ ގަބޫލުކުރަންޖެހިފަ ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ވެސް ބޮޑެތި މުއްސަނދިންނަށް ކޮންމެވެސް ގޮތަކުން އެފަރާތްތަކަށް ރާއްޖޭގައި ތިބެވޭނެ ގޮތް ނުވަތަ ރެސިޑެންޓްސްގެ ގޮތުގައި ރާއްޖޭގެ ދިރިއުޅެވޭނެ ގޮތެއް ހޯދުމަކީ މިހާރު ވިސްނާލުން ރަނގަޅު ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ އެ ވާހަކަފުޅަށް ރައްދުދެއްވައި، ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ ބޭރު ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ ދިވެހިވަންތަކަން ގެއްލޭނެ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އެގޮތަށް ކަންތައްތައް ކޮށްފިނަމަ ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް މަގު ފަހިވާނެ ކަމެށެވެ. އަދި އިންވެސްޓަރުން ގެންނަން ތާޢީދު ކުރިޔަސް ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ނުދެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ތެދުވަންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އެގޮތަށް ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އޮވެއެވެ. ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ޤާނޫނު ނަންބަރު ގާނޫނު ނަންބަރު 4/1969 “ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނު” ގައި ބަޔާންކޮށްފައިވާ ގޮތުން، އުމުރުން 21 އަހަރު ވެފައިވާ މުސްލިމަކު ކަމުގައި ވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމަކީ ރާއްޖޭގެ ރަށްވެހިކަން ދެވިދާނެއެވެ.

މީގެ އިތުރުން މެދު ނުކެނޑި 12 އަހަރު ވަންދެން ރާއްޖޭގައި އުޅެފައި ވުމާއި މި މުއްދަތުގައި ރާއްޖެ އިން ބޭރަށް ދިޔަ ނަމަވެސް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅެފައި ނުވާ މީހަކަށް ވާންޖެހެއެވެ.

ރާއްޖޭގައި އެ މީހަކު އުޅުނު މުއްދަތުގެ ޖުމްލަ 10 އަހަރަށް ވުރެ ގިނަވާން ޖެހުމާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ބަހުން ވާހަކަ ދައްކަން އެނގުމާއި ރާއްޖޭގެ އަސާސީ ތައުލީމުގެ މުގައްރަރާ އެއް ވަރަށް ލިޔަންކިޔަން ދަތުމަކީވެސް ދިވެހި ރަށްވެހިކަންދިނުމުގެ ޝަރުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: