ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ފިކުރަށް ހަމައެކަނި ކުރަން އިނގެނީ ވައްކަން: ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ކުރަން އެނގޭހާވެސް ކަމަކީ ވައްކަން ކުރުން ކަމަށާއި، ދިވެހިރާއްޖެއަށް އެމްޑީޕީން ގެނައި އުންމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިންމާލުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން އަބަދުވެސް އެދެނީ އަމިއްލަ ފައިމައްޗަށް ތެދުވެ، ހެދިފޯދި ކުރިއަރައިދާން ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިޤްތިސޯދާއި، ސިއްހީ ނިޒާމާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުސަތުތައް ހިމެނޭހެން ހުރިހާ ކަމެއް މިއަދު ބޮއްސުންލާފައިވާ ކަމަށާއި، އަމިއްލަ ވިޔަފާރިކުރާ ޒުވާނުންގެ ނޭވާހޮޅީގައި މި ސަރުކާރުން އަތްއަޅައި ކުރިމަރާލާފައިވާ ކަމަށް ވިދާޅުވެ މި ސަރުކާރަކީ ނާޤާބިލު ”ހޮޅި“ ސަރުކާރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި ރާއްޖޭގެ އެންމެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ވެސް ސަރުކާރުން ވަނީ ވާނުވާ ޖަހާފައި ކަމަށެވެ.

”ރާއްޖޭގެ އިޤްތިސާދު މިއަދު މިއޮތީ ފޫގޮސްފަ. ރައްޔިތުންގެ ސިއްހީ ނިޒާމު މިއޮތީ ފުލުންގޮސްފަ. ބޯހިޔާވަހިކަން މިއޮތީ ބޮއްސުންލާފަ. ވަޒީފާގެ ފުރުސަތުތައް މިއޮތީ ބަންދުވެފަ. ދަތުރުފަތުރާއި އިޖުތިމާއީ ރައްކާތެރިކަމާއި އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ގެނައި އުންމީދުގެ ހުޅުކޮޅު މިވަނީ ނިއްވާލާފަ. ރައްޔިތުންގެ ވިންދު ބަލާ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ އެމްޑީޕީއަށް. ޓަކާޓަކާ ޕީއެންސީގެ ފިކުރަށް ހަމައެކަނި ކުރަން އިނގެނީ ވައްކަން،“ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިއަދު އޮތީ އިނދަޖައްސައި ކުޑަކަކޫ މައްޗަށް ތިރިކޮށްފައި ކަމަށާއި، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ތިބީ ކިޔެވުން ހުއްޓާލަންޖެހޭ ހިސާބުގައި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެދޭ ހެޔޮ ބަދަލު ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމާ ކަމަށާއި، އެ ނިޒާމު ހަމައެކަނި ދަންނަ ސަރުކާރަކީ އެމްޑީޕީ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ރައްޔިތުންގެ ހާލަތު އަބަދުވެސް ވަޒަންކޮށް އަޑުއަހާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ޤައުމަށް ހެޔޮ ބަދަލެއް ގެނެސް ރައްޔިތުންގެ ޖީބަށް އިތުރު ފައިސާ ފޮއްޗެއްވެސް ހޯދައިދިން ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި މިހާތަނަށް ރައްޔިތުންނަށް ކަމެއް ކޮށްދިނީވެސް، އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތު ބަދަލުކުރެވޭނީވެސް އެމްޑީޕީއަށް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: