ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގުގެ ބޮޑު އަބުޗާ، އުމުރު ދުވަހުގެ ހުކުމުން ޕެރޯލްގައި މިނިވަންވެއްޖެ

އަައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބުޗާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އުމުރު ދުވަހުގެ ހުކުމެއްގައި ހުރި އިބްރާހިމް ރަޝީދު (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންކޮށްފިއެވެ.

ކަރެކްޝަންސް އިން މިކަން ”ސަންގު“ އަށް ކަށަވަރުކޮށްދީފައިވާއިރު، އޭނާ މިނިވަން ކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރު އޭނާގެ މައްޗަށް އިއްވި ނަމަވެސް، މަސްތުވާތަކެތީގެ އެ މައްސަލައިގައި 2020 އިން ފެށިގެން އޭނާ ހުރީ ބަންދުގަ އެވެ. އަދި ޕެރޯލްއަށް އެދި ހުށަހެޅުމަށް އޭނާ ޝަރުތު ހަމަވެފައި ވަނީ އެ ސަބަބާއި ހުރެ އެވެ.

މަސްތުވާތެކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިބްރާހިމް ރަޝީދު ހައްޔަރު ކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރީ ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށެވެ.

ފުލުހުން އޭރު ބުނީ އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް މީހާ ކަމަށެވެ. އަދި ކަނޑުމަގުން މަސްތުވާތަކެތި ހިފައިގެން ޑިންގީއެއްގައި ދަނިކޮށް ފުލުހުން ހުއްޓުވަން މަސައްކަތްކުރި ވަގުތު އޭނާ ގޯނިތަކެއް ކަނޑަށް އުކާލާފައިވާއިރު، އެ ތަކެތި ފުލުހުން ވަނީ ނަގާފައެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއަށްފަހު އޭނާ ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމު ކުރި އެވެ. މި އެއްބަސްވުމުގެ ދަށުން، ދެ ދައުވާގެ ކުށުގެ އަދަބު 50 އަހަރަށް ޖަލަށް ލުން ކަމަށް ވީ ނަމަވެސް، އެއްބަސްވުމުން އަދަބު ލުއިކޮށް 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަހަރު އވެ.

ހުކުމްގެ ކުރިން ބަންދުގައި ހުރި މުއްދަތާއި، ހުކުމަށްފަހު ޖަލުގައި ހޭދަކުރި މުއްދަތާ އެކު، އޭނާ މިހާތަނަށް ގާތްގަނޑަކަށް ފަސް އަހަރެއްހާ ދުވަސް ޖަލުގައި ވަނީ ހޭދަކޮށްފަ އެވެ. އެހެންކަމުން، އެ ސަބަބާއި ހުރެ އޭނާއަށް ޕެރޯލް ބޯޑަށް ހުށަހެޅުމަށް ޝަރުތު ހަމަވާނެ އެވެ.

ޕެރޯލް ބޯޑުން އިބްރާހިމް ރަޝީދު ދޫކޮށްލީ ވަކި ޝަރުތުތަކަކާ އެކު އެވެ. ޕެރޯލް ބޯޑަކީ އަމިއްލަ މިނިވަން މުއައްސަސާއަކަށްވައިރު، ޕެރޯލް ދިނުމަށް ނިންމުމުގެ ކުރިން، ކުށްވެރިންގެ ސައިކޮލޮޖިކަލް އެސެސްމެންޓާއި، ފުލުހުންގެ މައުލޫމާތު ހޯދުމުގެ އިތުރުން ބޯޑުން އިންޓަވިއުކޮށް، ވަކި މިންގަނޑުތަކެއް ހަމަވާނަމަ ނޫނީ ޕެރޯލް ނުދޭނެއެވެ.

ޕެރޯލްގެ މުއްދަތުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ ހިލާފުވެއްޖެނަމަ، އަލުން ޖަލަށް ލުމުގެ އިޚްތިޔާރު ޕެރޯލް ބޯޑަށް ލިބިގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: