ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ޑޮކްޓަރުން އޮކްޓޯބަރު 11 އިން 15 އަށް އައިކެއަރ ހޮސްޕިޓަލަށް!

އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ޑޮކްޓަރުން އޮކްޓޯބަރު 11 އިން 15 އަށް އައިކެއަރ ހޮސްޕިޓަލަށް/ ފޮޓޯ: އައިކެއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ މަޝްހޫރު ”ޗައިތަންޔާ އައި ހޮސްޕިޓަލް“ ގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރުން، މި ހިނގާ އޮކްޓޯބަރު މަހުގެ 11 އިން 15 އަށް މަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އައިކެއާ އިން މައުލޫމާތު ދިން ގޮތުގައި، މި ދަތުރުގައި ރާއްޖެ ވަޑައިގަންނަވާނީ ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖް އާއި، ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީ އެވެ.

ލޮލުގެ ހާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗައިތަންޔާ ހޮސްޕިޓަލާއެކު ވެވުނު މި ޕާޓްނަރޝިޕްގެ ސަބަބުން، މީގެ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ދިވެހިންނަށާއި، އަލަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު އެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޓަރުންގެ ހިދުމަތް ރާއްޖެއިން ލިބުމަކީ ދަތުރުފަތުރަށް ހިނގާ ހަރަދު ސަލާމަތްވެ، ބަލިމީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

އޮކްޓޯބަރު 11 އިން 15 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް މި ދެ ޑޮކްޓަރުން ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކްލިނިކުގައި އާސަންދަ އާއި އެހެނިހެން އިންޝުއަރެންސްތަކުގެ ހިދުމަތް ލިބޭނެ ކަމަށް އައިކެއަރ އިން ބުނެއެވެ.

މި ދަތުރު މައިގަނޑު ގޮތެއްގައި ހާއްސަކުރެވިފައިވަނީ ލޯ ޗެކްކުރުމަށާއި ކޮންސަލްޓޭޝަނަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު ކުރިއަށް އޮތް ތަނުގައި އައިކެއަރ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން ރާއްޖެއިން ދެވެން ނެތް ފަރުވާތަކަށް ބަލިމީހުން އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލަށް ރިފަރ ކުރާއިރު، އެޕޮއިންޓްމަންޓާއި ޓިކެޓް އަދި އެކޮމޮޑޭޝަން ހަމަޖެއްސުމުގައި ވެސް އައިކެއަރ އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު އެޕޮއިންޓްމަންޓް ހުޅުވާލާފައިވާއިރު، ޑޮކްޓަރަށް ދައްކަން ދާއިރު ކުރީގެ މެޑިކަލް ރިޕޯޓްތަކާއި، ބޭސްސިޓީ އަދި ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއާ އިން އެދެއެވެ.

އެޕޮއިންޓްމަންޓް ހެއްދެވުމަށް 3321026 އަށް ގުޅުއްވައިގެން، ނުވަތަ 7201026 އަށް ވައިބަރ/ވަޓްސްއަޕް ކުރައްވައިގެން، އަދި އައިކެއާގެ ވެބްސައިޓް (eyecarehospital.mv/book-an-appointment) މެދުވެރިކޮށް ނަން ނޯޓުކުރެއްވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: