ކޮވިޑް-19 އަށް އިތުރު 04 މީހަކު ޕޮޒިޓިވެފައިވާކަމަށް ހެލްތު ޕްރޮޓެޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މި ކަން ހާމަކޮށް އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް އިތުރު 04 މީހަކު ޕޮޒިޓިވެފައިވާކަމަށާއި، އެ 04 މީހުންނަކީ ވެސް ދިވެހިންކަމަށެވެ.
މި ހަތަރު މީހުންނާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު މިވަނީ 1094 އަށް އިތުރުވެފައެވެ.

