ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ ރައްޔިތުންގެތެރެއިން 200 މީހުން މިއަދު ފުރުވާލަނީ

ފޮޓޯ:އިމިގުރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެތެރެއިން 200 މީހަކު މިއަދު ފުރުވާލަން ނިންމައިފިއެވެ. 

މިި ކަން ހާމަކޮށްފައިވަނީ،ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒެވެ.

މި ގޮތުން، ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝްގެ 200 މީހަކު، އެ ޤައުމަށް ފުރުވާލުމަށް މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ފުރާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. 

މީގެ އިތުރުން، މަބްރޫކް ވިދާޅުވީ، އިއްޔެ ބަންގްލަދޭޝްއަށް ފުރަން ހަމަޖެހުނު 15 މީހުންނަށް، ފުރޭގޮތްނުވީ ޑޮކިއުޓޭޝަންގެ މައްސަލައެއްޖެހިގެންކަމަށާއި، އެހެނަސް މިއަދު އޮންނަ ފްލައިޓްގައި، އެ މީހުން ފޮނުވައިލާނެކަމަށެވެ. 

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން، އެ ޤައުމަށް ފުރުވައިލުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން، ރާއްޖެއަށް ކާގޯ ހިފައިގެންއައި ބަންގްލަދޭޝްގެ އެއަރފޯސް ފްލައިޓެއްގައި، އާދިއްތަ ދުވަހު ވެސް 67 މީހުން ފުރުވައިލާފައިވެއެވެ. 

ހަމައެއާއެކު ހޮނިހިރުދުވަހު ބަންގްލަދޭޝްގެ353  މީހުން، ވެސް ޤައުމަށް ފޮނުވާލައިފައިވެއެވެ. އެ މީހުން އެނބުރި ޤައުމަށް ފުރުވާލައިފައިވަނީ،  ކާނާގެބާވަތްތަކާއި، މެޑިކަލް ސާމާނު ހިފައިގެންއައި، ބަންގްލަދޭޝްގެ ޤައުމީ އެއަރލައިން ބިމާންގެ ފްލައިޓެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: