ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިވަރުގައި ހަދަމުންދިޔަ ކަރަންޓީނު ފެސިލިޓީ ހަދައިނިމިއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިވަރުގައި ހަދަމުންދިޔަ ކަރަންޓީނު ފެސިލިޓީގެ މަސައްކަތްތައް ނިންމާލައިފިއެވެ. 

ހޯމަވިލޭރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން، ކ.ވިލިވަރުގައި ހަދަމުންދިޔަ ކަރަންޓީނު ފެސިލިޓީގެ މަސައްކަތްތައްނިމި ޤާއިމުކުރެވިފައިވާ ކަމަށެވެ. 

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެ ފެސިލިޓީގައި 03 ޓެންޓާއި، 250 އެނދު ހުންނާނެކަމަށެވެ. 

“ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ވިލިވަރުގައި ހަދަމުންދިޔަ އާ ކަރަންޓީނު ފެސިލިޓީގައި 250 އެނދާއެކީގަ ބިދޭސީންނަށް ތިބެވޭގޮތަށް 250 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް. އެ ފެސިލިޓީ މިހާރު ހަދާ ނިމިފަވާކަމަށް އެ ބޭފުޅުން ދަންނަވާ ތިން ޓެންޓެއް މިތާގަ ހުންނާނެ”މަބްރޫކް

ވިލިވަރުގައި ޤާއިމުކުރެވުނު މި ފެސިލިޓީއަކީ، ބިދޭސީންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކޮށްފައިވާ ތަނެކެވެ. މީގެކުރިން ވެސް އެ ތަނުގައި ބިދޭސީން ބައިތިއްބާފައިވެއެވެ. އޭރު އެ ތަނުގައި ހުރީ 50 އެނދުގެ ޖާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: