ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 35،000ރ ކަނޑައަޅައިފި

މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އައްޔަބް ކުރާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އަށް ދޭނެ މުސާރައާއި އިނާޔަތުގެ ގޮތުގައި 35،000ރ ރައްޔިތުންގެ މަޖިލީޙުގެ މާލީއްޔަތު ކޮމެޓީން ކަނޑައަޅައިފިއެވެ. 

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންގުޅަކީ ގދ. ތިނަދޫ ހިރިޔާ ސިޔާނަތު ހާޝިމްއެވެ. އަދި މަޖިލީހުގެ ޖިޔުމަން ރައިޓްސް. އެންޑް ޖެންޑާ ކޮމެޓީން ވަނީ އިންޓަވިއު ކޮށްފައެވެ. 

އާދީއްތަ ދުވަހު ބޭއްވި މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި  35،000 ރ ކަނޑައަޅަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ. އަދި ހުށަހެޅުމަށް ތާއިދު ކުރެއްވީ  ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބުއެވެ. 

އެގޮތުން މާލީއްޔަތު ކޮމެޓީން ފާސްކޮށްފައި ވަނީ  ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އަށް 25،000ރ ގެ މުސާރައިގެ އިތުރުން އެލެވެންސްއާއި އިނާޔަތުގެ ގޮތުގައި 10،000 ރ ދިނުމަށެވެ. 

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އަށް 35،000ރ ގެ މުސާރައެއް މާލީއްޔަތު ކޮމެޓީން ފާސްކުރިއިރު މެމްބަރުންގެ މެދުގައި ގިނަ ބަހުސްތަކެއް ކޮށްފައިވެއެވެ. އެގޮތުން ފިނޭންސް މިނިސްޓަރ މަޖިލީހުގެ ކޮމެޓީއަށް ލަފާ ދެއްވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން މިނިވަން މުއައްސަސާތަކުގެ ރައީސުންނަށްދޭ ވަރުގެ މުސާރައެއް ކަނޑައެޅުމަށެވެ. އެއީ ގާތް ގަޑަކަށް 50،000ރ އަށް ވުރެ ބޮޑު މުސާރައެކެވެ. ނަމަވެސް ގިނަ މެމްބަރުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

ކޮމެޓީގައި ވާހަކަ ދެއްކެވި ހުރިހައި މެމްބަރުން ވެސް ވިދާޅުވީ މިވަގުތު ރާއްޖޭގެ ހާލަތަށް ބަލާއިރު އަލަށް އައްޔަން ކުރެވޭ އެއްވެސް މަގާމަކަށް ބޮޑު މުސާރައެއް ކަނޑައެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެކިއެކި ފަރާތްތަކުގެ މުސާރައް ކުޑަކުރަމުންދާއިރު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަން ކުރާ ފަރާތަށް މިނިވަން މުއައްސަސާތަކިގެ ރައީސުންނަށްދޭ ވަރުގެ މުސާރައެއް ކަނޑައެޅުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި މިވަގުތު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން ފަސްކުރުމަށް ވެސް ބައެއް މެމްބަރުން ހިޔާލް ދެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: