ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްވެރިންގެ މުސާރަ ޖުލައި މަހުގެ ނިޔަލަށް ކުޑަކުރަން ފާސްކޮށްފި

މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި ދައުލަތަށް ލިބޭ އާންމުދަނީ ބޮޑުތަނުން ދަށްވެފައި ވާތީ ރައީސުލްޖުމްހޫރީއްޔާއާއި ރައީސުލްޖުމްހޫރީއްޔާގެ ނައިބުގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީން ދެ ވަނަ ފަހަރަށް ފާސްކޮށްފިއެވެ. 

މީގެކުރިން ރައީސްއާއި ނައިބް ރައީސްގެ އިތުރުން ސިޔާސީ ބޭފުޅުންނާއި މަޖިލީޙުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިފަހަރު ރައީސްއާއި ނައިބް ރައީސްގެ އިތުރުން ސިޔާސީ ބޭފުޅުންގެ މުސާރަ ކުޑަކުރުމަށް ފާސްކޮށްފައި ވަނީ ޖުލައި މަހުގެ ނިޔތަލަށެވެ. 

އާދީއްތަ ދުވަހު ބޭއްވި މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން  ފާސްކުރީ 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށެވެ. 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ. 

ރައީސުލްޖުމްހޫރއިްޔާއާއި އެމަނިކުފާނުގެ ނާއިބާއި، ރައްޔިތުންގެމަޖިލީހުގެ މެންބަރުންނާއި، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ނިންމަވާފައިވާއިރު، މިނިސްޓަރުންގެ ނާއިބާއި، އެފެންވަރުގެ މަޤާމްތަކުން ފެށިގެން މަތީ މަޤާމްތަކުގައެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށްވި ނަމަވެސް، އެ މަޤާމުތަކުގެ އަސާސީ މުސާރައިން %20 އުނިކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުންއަންނަ ޢިނާޔަތް މުރާޢާޖާކުރުމަށްވެސް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މަޖިލީހަށް ހުށައަލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: