ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ އަމުރަށް ނުކިޔަމަންތެރިވި އިތުރު 108 މީހަކު ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ އަމުރަށް ނުކިޔަމަންތެރިވި 108 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށްފައިވަނިކޮށް، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ އާދިއްތަ ދުވަހު މަގުމައްޗަށް ނިކުމެ އުޅުނު 108 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. 

މީގެ އިތުރުން، ލޮކްޑައުންގެ އަމުރާއި ޚިލާފުވި 04 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. 

ފުލުހުން އިތުރަށް ބުނީ، އޭޕްރީލް 15 އިން ފެށިގެން މާލޭސިޓީ ލޮކްޑައުންގެ  ހާލަތަށް ގެނައިފަހުން، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުތް މީހުންގެތެރެއިން، މިހާތަނަށް 228  މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. 

ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން އާދިއްތަ ދުވަހު 108 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ދުވަހަކަށްވުރެ ދުވަހަކު، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުންނަ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި ގޮތުން ބަލާއިރު، ހޮނިހިރުދުވަހުގައި ވެސް، 93 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. މި ގޮތުން މިހާތަނަށް ޖުމްލަ 4221 މީހުން ޖޫރިމަނާކޮށްފައިވެއެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: