ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19 ގެ އަސަރު ނެތް ރަށްރަށުގެ ޖަމާޢަތުގައި ނަމާދު  ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފި

ޕީޕީއެމްއިން ބޭއްވި ޖަލްސާގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ފަހު 10 ވެސް ދެބައިވެފައިވާއިރު، ކޯވިޑް-19 ގެ އަސަރު ނެތް ރަށްރަށުގެ ޖަމާޢަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދާއި ތަރާވީހު ނަމާދާއި ދަމުނަމާދު މިސްކިތްތަކުގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ. 

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ރަމަޟާން މަސް ބައްދަލުކޮށް އަލްވަދާޢު ކިއުމާއި ހަމައަށް ގޮސްފައިވާއިރު، މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުމާއި، ތަރާވީހު ނަމާދު ކުރުމާއި، އަދި ދަމު ނަމާދު ކުރުން ފަދަ އަޅުކަންތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި ވުމަކީ މިކޯލީޝަންގެ ކަންބޮޑުވުން އިތުރުވާ ކަމެކެވެ

ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީވެސް ދިވެހިރައްޔިތުންނަށް އެކަމުގެ ސަބަބުން އަސަރު ކުރުވާ ކަމެއްކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓުވާފައި އޮންނަތާ އެތައް ދުވަހެއް ވެފައިވަނިކޮށް، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ގައިވެސް، ރާއްޖޭގެ މިސްކިތްތަކުގައި ފަރްޟު ނަމާދާއި ތަރާވީހު ނަމާދާއި ދަމުނަމާދު ޖަމާޢަތުގައި ކުރުން މަނާކޮށްފައި އޮތުމަކީ ރާއްޖޭގައި ތިބި އިސްލާމް ދީނަށް ލޯބިކުރާ، އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއްަ ކަމަށް އިދިކޮޅު ބަޔާނުގައި ވަނީ ބުނެފައެވެ. 

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯވިޑް 19 ރާއްޖެގައި ފެތުރެމުން ދިޔަނަމަވެސް، މި ވައިރަހުގެ އަސަރު އެއްވެސް މިންވަރަކަށް ކޮށްފައި ނުވާ ރަށްތައް ރާއްޖޭގައި ހުރި އިރު، އެރަށްތަކުގެ މިސްކިތްތައް ބަންދުކޮށް، އެ ރަށްރަށުގެ މިސްކިތްތަކުގެ ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓުވައިގެން ތިބެންޖެހޭ ސަބަބެއް އޮތްކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށް ވަނީ ބުނެފައެވެ. 

އެހެންކަމުން، ކޯވިޑް 19 ގެ އަސަރު ނެތް ރަށްރަށުގައި ރަމާޟާން މަހުގެ ފަހު ދުވަސްތަކުގައި ނަމަވެސް މިސްކިތްތައް ބޭނުން ކުރެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލުމަށް އިދިކޮޅޫން ވަނީ ގޮވާލާފައެވެ. އަދި އެފަދައިން ހުޅުވާލެވޭ ރަށްތަކުގެ މިސްކިތްތަކުގައި، ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަން ޢާންމުކޮށް އެނގޭނެ ގޮތަކަށް އިޢުލާނު ކުރެވި، އަދި ސާފުތާހިރުވުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންގެ ރައްކާތެރިކަމަށް މިސްތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އިންތިޒާމުކުރެވި ހަމަޖެއްސުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: