ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ވަކިކުރީ ބޭއިންސާފުންކަން ސާބިތުވެއްޖެ: ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރީ ބޭއިންސާފުންކަން މިއަދު ސާބިތުވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މި ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ފައިލްކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ ބޭއިންސާފުންކަން ހާމަވާ ކަމަށާއި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކުގައި ފަރުދުންނަށާއި އާއިލާތަކަށް އަނިޔާދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.

”ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޖަސްޓިސް އަޒްމިރަލްދާ ޒާހިރާއި، ޖަސްޓިސް މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކި ކޮށްފައިވަނީ ބޭއިންސާފުންކަން މިއަދު މިއޮތީ ސާބިތުވެފައި. ޤާނޫނުގެ ކުރިމަތީގައި ކޮންމެ ފަރުދަކަށްވެސް ޑިއު ޕްރޮސެސްއާއި ރޫލް އޮފް ލޯ ހިނގަންޖެހޭ. ތުހުމަތަކީ ކުށެއް ނޫން،“ ޝާހިދު ލިޔުއްވާފައިވެއެވެ.

އެކަމަށް އިތުރަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް އަނެކާއަށް ތުހުމަތެއް ކުރެވިދާނެ ކަމަށާއި ނަމަވެސް އެފަދަ ތުހުމަތުތަކާ ގުޅިގެން މީހުންގެ ވަޒީފާއާއި އަބުރު ގެއްލުވާލައި، އާއިލާތައް ބަދުނާމުކޮށްގެން ދެވޭ ގެއްލުމަކީ ދުވަހަކު ވެސް ފޫނުބެއްދޭނެ އަދި ބަދަލު ނުދެވޭނެ ވަރުގެ ގެއްލުމެއް ކަމަށެވެ.

ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ ތަހުގީގުކުރި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ނިންމައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. އެ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމާ ގުޅިގެން، އޭނާ ދޫކޮށްލުމަށްޓަކައި އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރު ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރި މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން އަޒްމިރަލްދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޝަރުއީ ދާއިރާގައި ހޭދަކުރެއްވި 24 އަހަރުގެ ތެރޭގައި އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމި މަޖިލީހާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، ޖޭއެސްސީން އޭނާގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: