ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ ”ވޯލްޑް ސައިޓް ޑޭ“ ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު އެއް އޮޕްޓިކަލް ޚިދުމަތްދޭ ކުންފުނި ކަމަށްވާ އައިކެއާ އިން ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި އޮކްޓޯބަރު މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކަނޑައެޅިފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ ފަރާތްތަކަށް ހޮވާލެވޭ ފްރޭމްތަކުން %20 ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މި އޮފަރ އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓްތަކަކުން ލިބެން ހުންނާނެއެވެ.
މި އޮފަރ ޚާއްޞަކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޒައިސް ހޯޔާ އަދި ނޯވާ ގެ ސިންގަލް-ވިޜަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާއެކު ބައްލަވައިގަންނަ ފްރޭމްތަކަށެވެ. ލެންސަކީ މުޅި ދުވަހު ފެނުމުގެ ފެންވަރު ކަނޑައަޅައިދޭ މުހިންމު ބަޔަކަށް ވާތީ، އުމުރާއި، މަސައްކަތުގެ މާޙައުލާއި، ސްކްރީން ބޭނުންކުރާ މިންވަރަށް ބަލައި އެންމެ އެކަށޭނަ ލެންސް އިޚްތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އައިކެއާ އިން ފާހަގަކުރެއެވެ. މިގޮތުން، ކަސްޓަމަރުންގެ ލޮލުގެ ފެނުމުގެ ބޭނުންތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ ގުޅޭ ފްރޭމާއި ލެންސް ޚިޔާރުކުރުމުގައި އައިކެއާގެ ފަންނީ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ދުނިޔޭގެ ފެނުމުގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ލޮލުގެ ޞިއްޙަތުގެ މުހިންމުކަމާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މި ދުވަހާ ގުޅުވައިގެން އައިކެއާ އިން ވަނީ އަމިއްލަ ލޮލުގެ ޞިއްޙަތަށް އިސްކަންދީ، ޤަވާޢިދުން ލޯ ޓެސްޓުކުރުމަށާއި، ފެނުމަށް އެއްވެސް ބަދަލެއް އަންނަނަމަ ލަސްނުކޮށް ފަންނީ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ ފެނުމަށް އަންނަ ގިނަ ބަދަލުތަކަކީ ވަގުތުން ފާހަގަނުކުރެވި، ދުވަސްތަކެއްގެ މަތިން މަޑުމަޑުން އަންނަ ބަދަލުތަކަކަށް ވާތީއެވެ.
”ލަވް ޔޯ އައިސް“ ޝިޢާރުގެ ދަށުން އައިކެއާ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ މުއްދަތުގައި، އެ ކުންފުނީގެ މެންބަރޝިޕް އޮންނަ ފަރާތްތަކަށް ލެންސުން ލިބޭ އިތުރު ޑިސްކައުންޓްތައްވެސް ލިބިގެންދާނެއެވެ.

