ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމުން އެ ގޮނޑީގެ ބައި- އިލެކްޝަން އަންނަ މަހުގެ 28ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައެވެ. އެގޮތުން ބައިއިލެކްޝަން އޮންނާނީ 28 ނޮވެމްބަރުގެ ހެނދުނު 8:00 ޖަހާއިރުން ފެށިގެން ހަވީރު 4:00 ޖަހަންދެނެވެ.
ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 ވަަނަ ދުވަހު މެންދުރު ފަހު 2:00ގެ ނިޔަލަށެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެއްޖެ ނަމަ އެ މީހަކު ކައުންސިލަރުކަމުން ވަކިވާ ގޮތަށެވެ.
ވ. އަތޮޅު ކައުންސިލް ރައީސްކަން ވެސް މީގެ ކުރިން ކުރެއްވި ޝުޖާއު މި އަހަރު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ، ވަރަށް މަދު ބަޔަކު ކުރިމަތިލި ޑިމޮކްރެޓްސް ޕާޓީންނެވެ. ޑިމޮކްރެޓިކް ޕާޓީ މިހާރުު އުވާލާފައިވާއިރު ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފައެވެެ.

