ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީގަލް ހިލްސް މަޝްރޫއާމެދު އެމްޑީޕީން ދެކޭ ގޮތަކީ ރައީސް ނަޝީދު ދެކެވަޑައިގަންވާ ގޮތް: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ވަކިވަކި ކެންޑިޑޭޓުން ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއާ ދެކޮޅު ހަދައި ވާހަކަ ދައްކަނީ އީގަލް ހިލްސްގެ ވެރިޔާއާ ބައްދަލުކުރަން ބޭނުންވާތީ އެކަމުގެ ޑިމާންޑެއް އުފައްދަން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ގައުމަށް ލިބިގެން އުޅޭ ބޮޑު މަޝްރޫއާ ގުޅޭގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ ކަމަށެވެ.

އެ މަޝްރޫއާމެދު އެމްޑީޕީން ދެކޭ ގޮތަކީ އެ ޕާޓީގެ ލީޑަރު ދެކެވަޑައިގަންނަވާ ގޮތް ކަމަށާއި އެ ޕާޓީގެ ލީޑަރަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއަކީ ރަނގަޅު މަޝްރޫއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެއީ އެކަމުގައި އެމްޑީޕީން ދެކޭ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

”އެމްޑީޕީގެ ލީޑަރަކީ ރައީސް ނަޝީދު، ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެއަށް ލިބިގެން މި އުޅޭ އަބޫދާބީގެ ނުވަތަ ޔޫއޭއީގެ އީގަލް ހިލްސްގެ މަޝްރޫއަކީ ރަނގަޅު މަޝްރޫއެކޭ. އެހެންވީމާ އޭގެ މާނައަކީ އަޅުގަނޑުމެންނަށް އެއޮތީ އެމްޑީޕީގެ ބަސް ލިބިފައި. މިކަމާ ބެހޭގޮތުން އެބޭފުޅުން ދެކެވަޑައިގަންވާ ގޮތް އެ ނިމުނީ،“ ޝުޖާއު

އެއާ ހިލާފަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ވަކިވަކި ކެންޑިޑޭޓުން އެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަވަނީ އެ ބޭފުޅުން ވެސް އީގަލް ހިލްސްގެ ވެރިޔާއާ ބައްދަލުވާން ބޭނުންވާތީ އެކަމަށް ޑިމާންޑެއް އުފެއްދުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެއީ އެއްގޮތަކަށް ވެސް މަޝްރޫއާމެދު ކަންބޮޑުވެގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އެނބޫދޫފަޅު ހިއްކިއިރު އެކަމާ ދެކޮޅަށް ވެސް ގިނަ ބަޔަކު އަޑުއުފުލި ކަމަށާއި ޕެޓިޝަންތައް ވެސް ހުށަހެޅިކަން ޝުޖާއު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އެ މަޝްރޫއު ނިމި ގައުމަށް ޓެކްސް ވަންނަމުންދާ ކަމަށާއި މިިއަދު އެންމެންނަށް އެ މަޝްރޫއު ”އޯކޭ“ ވެއްޖެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ މީހުންނަކީ ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓުތަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަންޖެހޭ މީހުން ކަމަށެވެ. އަދި އެފަދަ ކަމެއްގައި ކަންބޮޑުވުމެއް އޮތިއްޔާ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަމެއް ހައްލުކުރެވިދާނެ ކަމަށާއި މުޅި އިންވެސްޓްމެންޓް ގޯސްކޮށްގެން ވާހަކަ ދެއްކުމަކީ ސިޔާސީ ވާހަކަ ދެއްކުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: