ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށް ކޮށްގެން ހޯދާ މުދަލުގެ މައްސަލައިގައި ފިލާ މީހުންގެ މުދާ ދައުލަތަށް ނެގޭނެ: ފަޒާދު

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލުގައި، ކުށުގެ ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ނުނިމެނީސް ވެސް ބައެއް ހާއްސަ ހާލަތްތަކުގައި އެމީހެއްގެ މުދާ ދައުލަތަށް ނެގޭނެކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން މީހުން ހޯދާ މާލީ މަންފާ ހުއްޓުވައި، އެފަދަ މުދަލުން އިތުރު ފައިދާއެއް ހޯދުމުގެ މަގު ބަންދުކުރުންކަމަށް ފަޒާދު ވިދާޅުވިއެވެ. އެގޮތުން، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ކުރިއަށް ގެންދާނެ އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް، މިފަދަ ހާލަތްތަކުގައި މުދާ ނެގުމަށް ކަނޑައަޅާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހައި ކޯޓަށް އެކަން ހުށަހަޅައި، އެ ކޯޓުގެ އަމުރަކާއެކުކަމަށް ވެސް ފަޒާދު ފާހަގަކުރެއްވި އެވެ.

ފަޒާދު ވިދާޅުވީ، ބިލު ހުށަހެޅުނު އިރު ގިނަ މެންބަރުން އެ ބިލަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް، ކުށްކޮށްގެން ހޯދާ މުދާ، ކުށް ސާބިތުވުމަކާ ނުލައި ދައުލަތަށް ނެގޭނެ ކަމަށް ބައެއް މެންބަރުން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާތީ އެކަމަށް ސާފުކޮށްދެއްވުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ބިލުގެ 74 ވަނަ މާއްދާގައި ކުށުގެ ތުހުމަތުގައި މުދާ ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ތިން ހާލަތެއް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ފަޒާދު ވިދާޅުވިއެވެ. އެއީ، ކުށްކޮށްގެން މުދާ ހޯދާފައިވާ މީހެއްގެ މައްޗަށް ދައުވާކުރުމަށް ނުވަތަ ދައުވާކުރުމަށްޓަކައި އެ ފުރުސަތު ނުލިބޭ ހާލަތްތަކުގައި، މިސާލަކަށް އެފަދަ މީހަކު މަރުވުން، ނުވަތަ ކުށުގެ ތުހުމަތުކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމުގައިވުން ފަދަ ހާލަތްތަކުގައެވެ.

އެފަދަ ހާލަތްތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޖިނާއީ މަދަނީ މިންގަނޑުން ސާބިތުވެވޭ ވަރުގެ ހެކިތަކާއެކު ހައިކޯޓު މެދުވެރިކޮށް އަމުރެއް ހޯދުމަށްފަހު މެނުވީ އެ މުދާ ހިފެހެއްޓުމުގެ އިޚްތިޔާރު ނުލިބޭނެކަމަށް ފަޒާދު ހާމަކުރެއްވިއެވެ. އެހެންކަމުން، ބިލުގައި އެއްވެސް ކަހަލަ ހުދޫދެއް ނެތި، ހުސް ސާބިތުވުމަކާ ނުލައި ދައުލަތަށް މުދާ ނެގޭ ގޮތަށް އޮތް ކަމަށް ބުނެވޭ ވާހަކަތަކަކީ ގޯސް ދޭހައެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: