ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެއްކެއް ނެތި ފަނޑިޔާރުން ވަކިކުރުމުން، ޖޭއެސްސީ ޒިންމާވާން ޖެހޭކަމަށް ބުނެ މަޖިލީހަށް ގަރާރެއް!

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން - ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެއްކެއް ނެތި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި މައްސަލާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އަމަލުކޮށްފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައި ފިޔަވަޅު އެޅުމާ މެދު މަޖިލީހުން ދެކޭ ގޮތެއް ކަނޑައެޅުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައި ވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ މި މައްސަލައިގެ ތަފްސީލު ވަނީ، އޭނާގެ މެމްބަރުކަމުގެ ވެބްސައިޓުގައި އާންމު ކުރައްވާފަ އެވެ.

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށް، ޖޭއެސްސީން ދިން ލަފައަކަށް ބިނާކޮށް ކުރިޔަށް ގެންދިޔަ މައްސަލައެކެވެ. ޑރ. އަޒްމިރަލްދާއާއި، މަހާޒް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރިތާ ދޮޅު އަހަރު ވެފައިވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހަށް ހުށަހެޅި މި މައްސަލައިގެ ތަހުގީގުގައި ޖިނާއީ ކުށެއް ހިނގާފައިވާކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ 30 ސެޕްޓެންބަރުގައި ނިންމައި، މައްސަލަ ފައިލްކޮށްފައެވެ.

ކުޑޫ ހުށަހެޅި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީޖީ އޮފީހުން ދައުވާ ނުކުރުމަށް ނިންމި ނިންމުމުން ހާމަވަނީ އެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމެވެ. ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގައި ބަޔާންކުރަނީ ފަނޑިޔާރަކު ވަކިކުރެވޭނީ މަގާމަށް ގާބިލުނޫންކަމަށް ނުވަތަ އެކަށީގެންނުވާ އަމަލެއް ކުރިކަމަށް ޖޭއެސްސީއަށް ސާބިތުވެގެން ކަމަށެވެ.

ގަރާރުގައި ވަނީ ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ ކުށެއް ނެތް ހާލަތެއްގައި ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުން އެކަމުގެ ޒިންމާ ޖޭއެސްސީން އުފުލައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުން މަޖިލީހަށް މަތިކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމުގެ ދުސްތޫރީ ވާޖިބުގެ ދަށުން، މި މައްސަލާގައި މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ދެނެގަނެ، ޖޭއެސްސީއާ މެދު ފިޔަވަޅު އެޅުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: