ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ވައިރަސް ޖެހުނު ކުޑަކުދިންގެތެރެއިން 06 ކުއްޖަކު ރަނގަޅުވެއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޑަކުދިންގެތެރެއިން 06 ކުއްޖަކު ރަނގަޅުވެފައިވާކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 42 ކުޑަކުދިންގެތެރެއިން 06 ކުއްޖަކު މިހާރު ރަނގަޅުވެފައިވާކަމަށެވެ.

އަދި މި ކުދިންގެތެރެއިން ބާކީތިބި  36 ކުދިންގެ ޙާލު ރަނގަޅުކަމަށް ވެސް ފައިޞަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް 1143 މީހުން ޕޮޒިޓިވްވެފައިވާއިރު،  06 ކުދިން ހިމެނޭހެން،  ކޮވިޑް ޖެހުނު މީހުންގެތެރެއިން ޖުމްލަ 80 މީހަކު ވަނީ ރަނގަޅުވެފައެވެ. މީގެ އިތުރުން 04 މީހަކުވަނީ، މި ބަލީގައިވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: