ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ނަފާ ފުރިހަމައަށް ލިބޭނީ ޓްރާންޝިޕްމަންޓް ޕޯޓާއި ސްޓޯރޭޖް ނިމުމުން: ސައީދު

އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންކަރިންގެ ހިދުމަތުން އިތުރު ނަފާވެރިކަމެއް ހޯދޭނީ އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ޕޯޓާއި ތެޔޮ ރައްކާކުރާ ސްޓޯރޭޖް ފެސިލިޓީސްތައް ގާއިމުކުރެވިގެންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަންކަރިންގެ ހިދުމަތާއި އެ މަސައްކަތުން މިހާތަނަށް ލިބުނު އާމްދަނީއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި، ސައީދު ވިދާޅުވީ އެއީ ތަކުރާރުކޮށް މައުލޫމާތު ދެމުން އަންނަ ކަމެއް ކަމަށެވެ.

އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ޕޯޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދަކަށްވާއިރު، އެކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ، ރައީސްގެ ހުރިހާ ވައުދެއް ވެސް ފޮތެއްގެ ސިފައިގައި ޗާޕުކޮށް ހުރިހާ ކައުންސިލްތަކަށާއި ރައްޔިތުންނަށް ފެންނާނެހެން ލިޔެކިޔުމުން ޑޮކިއުމެންޓް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ވައުދުތައް ފުއްދުމުގައި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށާއި، މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުގެ ތަފާތަކީ ވެސް އެއީކަމަށް ސައީދު ވިދާޅުވިއެވެ. މި ޕޯޓް ތަރައްގީކުރުމަށް އެތައް ގޮތެއް ހޯދައިގެން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަކީ ރައީސް އެންމެ އިސްކަންދެއްވާ އެއް މަޝްރޫއުކަން ފާހަގަކުރައްވައި، އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދުގެ ހަގީގީ ދުވެއްޔަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މާލޭ ވިޔަފާރި ބަނދަރަށް ނައިސް އޮތް ތަރައްގީކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މިހާރު އަމަލީ މަސައްކަތް ފަށާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖެއަށް މުދާ ގެންނަނީ ކޮލޮމްބޯ ބަނދަރަށް ބާލައި، އެތަނުން މާލެއާ ދެމެދު ޝަޓްލް ނުވަތަ ފެރީކުރާ އުސޫލުން ކަމަށެވެ. ނަމަވެސް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން އެ ސަގާފަތް އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ތަރައްގީކުރެވޭ ޓްރާންޝިޕްމަންޓް ޕޯޓާއި، ސްޓޯރޭޖް ފެސިލިޓީސްތަކުގެ މަސައްކަތް އެއްކޮށް ނިމުމުން، ހަގީގީ މާނައިގައި ރާއްޖޭގައި މެރިޓައިމް އިގްތިސާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ފެނި، ބަންކަރިންގެ ހިދުމަތުން ލިބޭ ނަފާވެސް އިތުރުވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: