ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މައްސަލަ ބަލައިނުގަންނަން ރަޖިސްޓްރާއަށް ނުނިންމޭނެ، ގޮތް ކަނޑައަޅަން ޖެހޭނީ ބެންޗުން: އަލީ ހުސައިން

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާއަށް ނުނިންމޭނެ ކަމަށާއި، އެ މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭނީ ސުޕްރީމް ކޯޓުގެ ބެންޗުން ކަމަށް މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭ ޒާތުގެ މައްސަލައަކަށް ނުވާތީ ކަމަށް ބަޔާންކޮށެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމެވުމާމެދު ހިތްހަމަނުޖެހޭނަމަ، 14 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ގާނޫނީ އިހްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށެވެ. އެހެންކަމުން މިއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ބުނެ މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެން ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނީ ބެންޗުން އަޑުއެހުންތަކެއް ބޭއްވުމަށް ފަހު ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން ފަނޑިޔާރުންގެ މަޖިލީހުގައި މި ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، އީގަލް ހިލްސް ކުންފުންޏަށް އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ނުދައްކާ ގޮތަށް 99 އަހަރަށް ބިން ދިނުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެ ބިން ތިންވަނަ ފަރާތްތަކަށް އަލުން ކުއްޔަށް ދިނުމާއި އެހެނިހެން މުއާމަލާތްތައް ކުރުމުގެ ފުރިހަމަ އިހުތިޔާރު ދީފައި އޮތުމަކީ ދައުލަތުގެ ސިޔާދަތީ ބާރާއި އިގްތިސާދީ މަސްލަހަތަށް ގެއްލުންވާނެ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު މިހާރު އޮތް ގޮތުން، ދައުލަތުގެ މިލްކިއްޔާތުގައިވާ ބިމެއް ބޭރުގެ ފަރާތަކަށް އެއްފަހަރާ 99 އަހަރަށް މިފަދަ ގޮތަކަށް ދޫކުރުމުގެ ބާރު ލިބިދޭ ސާފު ގާނޫނީ ހަމައެއް ނެތްކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި މި އެއްބަސްވުމަކީ ދައުލަތުގެ ބިމާއި ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ދެމެހެއްޓުމާ ގުޅޭގޮތުން ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ހިލާފު މުއާމަލާތެއް ކަމަށް ވަކާލާތުކޮށްފައިވެއެވެ.

މި މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ހަދާފައިވާ މި އެއްބަސްވުން ބާތިލު އެއްބަސްވުމެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ. މީގެއިތުރުން، ކޯޓުން ވަކި ގޮތެއް ނިންމައި ހުކުމެއް އިއްވަންދެން، ދައުލަތަށް އިޔާދަނުކުރެވޭނެ ފަދަ ގެއްލުމެއް ވިޔަ ނުދިނުމުގެ ގޮތުން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: