ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ހެކިބަސް ނެގުން އަންނަ ހުކުރުދުވަހު އޮންނާނެ: ޑީޖޭއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސް ނެގުން އަންނަ ހުކުރުދުވަހުގައި އޮންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

މި ކަމާއި ގުޅިގެން، ބުދަވިލޭރޭ ޑީޖޭއޭއިން ޢާންމުކޮށްފައިވާ ސަރކިއުލަރއެއްގައި ބުނީ، ވޭތުވެދިޔަ އަހަރުތަކެކޭ ވެސް، އެއްފަދައިން މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސް ނެގުން އަންނަ ހުކުރުދުވަހުގައި އޮންނާނެކަމަށެވެ.

ޑީޖޭއޭއިން ބުނީ، ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކަށް ނުވަތަ ބަޔަކަށް ހެކިބަސްދެވޭނެ އިންތިޒާމުތައް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައާއި، ޑީޖޭއޭގައި ހަހަމަޖެހިފައިވާނެކަމަށެވެ.

މި ގޮތުން، ސަރުކާރު އޮފީސްތައް ބަންދުކުރެވިފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ ރަށަކަށް ހަނދު ފެނިގެން ހެކިބަސްދޭން ބޭނުންވާނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމަށް ޑީޖޭއޭއިންވަނީ އަންގާފައެވެ. 

ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސްދިނުމުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތް ބަޔާންކުރަމުން ޑީޖޭއޭއިން ބުނީ، މެޖިސްޓްރޭޓް ކޯޓުތައް ޤާއިމުވެފައި ނެތް ރަށެއްގައި ނަމަ، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ޑީޖޭއޭއިން ވަނީ، މާލޭގައިނަމަ 7704777 ފޯނު ނަންބަރު މެދުވެރިކޮށް، އެ މަޢުލޫމާތު ޑީޖޭއޭއާ ހިއްސާކުރުމަށާއި، އަދި ޑީޖޭއޭއިން އަންގާގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދިނުމަށް އަންގާފައެވެ.

އަދި މަޢުލޫމާތުތައްދޭއިރުގައި،  ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމަށް ޑީޖޭއޭއިން ވަނީ އަންގާފައެވެ.

މި ގޮތުން ހަނދު ސާބިތުކުރުމަށް ހެކިބަސްނަގާނީ، 29 ރަމަޟާން (22 މެއި) ވާ ހުކުރުދުވަހުގެ ހަވީރު 18:00 އިން ފެށިގެން، އިރުއޮއްސި 19:30 އަށްކަމަށް ޑީޖޭއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: