ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށް ދޭ 1000 ޑޮލަރު ލިބޭނީ 6 ޤައުމަކަށް ދަތުރުކުރާނަމަ: އެމްއެމްއޭ

ބޭސް ފިހާރަތަކެއް: .-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ދޫކުރާ 1000 ޑޮލަރު، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ ވަކި ޚާއްސަ 6 ޤައުމަކަށް އެކަނި ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރު ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރާނަމައެވެ. މި ފަރާތްތަކަށް ކުރިއެކޭވެސް އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ.

ނަމަވެސް، އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދޫކުރަމުން އަންނަ 2000 ޑޮލަރު، އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، އެ ބޭނުމަށް ދޫކުރާ ޑޮލަރުގެ މިންވަރު މީގެކުރިން ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން އާސަންދައިގެ ދަށުންނާއި އެންސްޕާގެ އެހީގައި ދާ މީހުންނަށް 2000 ޑޮލަރާ ހަމައަށް އަދި އަމިއްލަ ޚަރަދުގައި ދާ މީހުންނަށް 1000 ޑޮލަރު ދޫކުރަން ފެށީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް ޖުމްލަ 41.1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިދިޔަ އަހަރުގެ މުޅި ޖުމްލަ އަދަދަކީ 18.51 މިލިއަން ޑޮލަރަށްވާއިރު، 2026 ގެ ސެޕްޓެންބަރުގެ ނިޔަލަށް ވިއްކި މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: