ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގޭމަރސް ގިލްޑަށް ސައިން-އަޕްކޮށްގެން އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ) އަށް ސަބްސްކްރައިބްކޮށްލައިގެން، އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސް (ބާގަންޑީ ކުލަ) ގެ ފޯނެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެ އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން، 31 ޑިސެންބަރު 2026 ގެ ކުރިން ޑީޖީޖީގެ ވެބްސައިޓު މެދުވެރިކޮށް ސައިން-އަޕް ވުމަށްފަހު ޕްރޮފައިލް ވެރިފައި ކުރަންޖެހެއެވެ. މި ޝަރުތު ފުރިހަމަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް މި އަގުހުރި ފޯނު ލިބިގެންދާނެއެވެ.

އައިފޯނެއް ހޯދުމުގެ ފުރުސަތުގެ އިތުރުން، ޑީޖީޖީގައި ރަޖިސްޓްރީވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފޯރިގަދަ ގޭމިން މުބާރާތްތަކުގައި ވާދަކުރުމަށާއި، ބޮޑެތި ފައިސާގެ އިނާމުތައް ހޯދުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. މީގެ ސަބަބުން ގޭމިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ މީހުންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ދިވެހި ގޭމަރުންގެ މުޖުތަމައުގައި ހުނަރު ދައްކައިލުމުގެ އަގުހުރި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ފާހަގަކުރެއެވެ.

ޑީޖީޖީ މެދުވެރިކޮށް ދިރާގުން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ޚާއްޞަ އިނާމުތަކާއި ތަފާތު ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު އިންތިޒާމުކޮށް، ރާއްޖޭގެ ގޭމް ކުޅުންތެރިންނަށް އެކަށޭނަ ޕްލެޓްފޯމްތައް ހޯދައިދިނުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: