ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ ޚަރަދު ބޮޑުވުމާ ގުޅިގެން ރިޒާވް ވަރުގަދަކުރުމަށް ރާއްޖެއިން އެހީތެރިކަމަށް އެދިއްޖެ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ލޮޅުންތަކުން އަރައިގަތުމަށްޓަކައި، ޤައުމީ ރިޒާވް ވަރުގަދަކޮށް އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަޤްވާމީ އެހީތެރިކަމަށް ދިވެހިރާއްޖެއިން އެދިއްޖެއެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން މި އަހަރު ހަކަތައިގެ ސަބްސިޑީއަށް ކުރަންޖެހުނު ޚަރަދު ތިންގުނައަށް އިތުރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ދަޢުލަތުގެ ބަޖެޓު ޑެފިސިޓް، އަމާޒުކުރި 7.1 އިންސައްތައިން 9 އިންސައްތައަށް ފުޅާވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބޭންކޮކްގައި ބޭއްވޭ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ކުރިން ރޮއިޓާސްއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް މާލީ ހަމަޖެހުން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް ބޭރުގެ މާލީ އެހީތެރިކަން އަދިވެސް ބޭނުންވާކަން އޭނާ ހާމަކުރެއްވިއެވެ. މި އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 1 އިންސައްތައިގައެވެ.

ކުރިއަށް އޮތް އަހަރުތަކުގައި އަހަރަކު 300 މިލިއަން އާއި 400 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ޢަދަދެއް ދަރަނި އަދާކުރުމަށް ރާއްޖެއިން ހޭދަކުރަންޖެހޭނެ ކަމަށާއި، މި ޚަރަދު މައިގަނޑު ގޮތެއްގައި ހަމަޖައްސާނީ ދަޢުލަތުގެ ޢާމްދަނީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އަވަށްޓެރި އިންޑިއާއޮއެލި ވެފައިވާ 30 ބިލިއަން އިންޑިއަން ރޫޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ މި މަހު ރޯލްއޯވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިޤްތިޞާދީ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން 250 މިލިއަން ޑޮލަރު ފޯރުކޮށްދޭނެއެވެ. އަދި ވޭތުވެދިޔަ މަހު އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ ފަސް އަހަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު އިޤްތިޞާދީ ކުރިއެރުން 3.8 އިންސައްތައަށް އަދި 2028 ވަނަ އަހަރު 6.8 އިންސައްތައަށް ގެންދިއުމެވެ.

ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށްޓަކައި ޤައުމީ އެއާލައިނަށް އިތުރު ބޯޓުތައް ޗާޓަރުކުރުމަށާއި، ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓު ކަމަށްވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން އިތުރު ހަތް އެއާލައިނަކާއެކު ދަތުރުތައް އިތުރުކުރުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: