ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީކަމުން ވަކިކުރި ނަޒީމް އާއި އަފީފް ސްޓޭޓް މިނިސްޓަރުންގެ މަގާމަށް

ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސެއިން އާއި އާރްޑީސީގެ އެމްޑީގެ މަގާމުން ވަކިކުރި އިބްރާހިމް ނަޒީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސެއިން އާއި އާރްޑީސީގެ އެމްޑީގެ މަގާމުން ވަކިކުރި އިބްރާހިމް ނަޒީމް ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަންކޮށްފިއެވެ.

ފެނަކަ އާއި އާރްޑީސީ އުވާލަން ސަރުކާރުން ނިންމާފައިވާއިރު، ފެނަކައިގެ އެމްޑީގެ މަގާމުން އަފީފް ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ އިއުލާނުކޮށްފައިވާއިރު، ނަޒީމް މަގާމުން ވަކިކުރިކަން އިއުލާނުކޮށްފައިވަނީ މިއަދުއެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ނަޒީމް އައްޔަންކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އަދި ފެނަކައިން ވަކިކުރި އަފީފް އައްޔަންކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ޝަރީއާގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ އަފީފް މީގެ ކުރިން ވަނީ އެމްޓީސީސީ، ފެނަކަ އަދި ސްޓެލްކޯގެ ޗެއާމަންކަން ފަދަ މަގާމުތައް އަދާކުރައްވައިފައެވެ.

ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން އަދާކުރެއްވި ނަޒީމް އަކީ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ނައިބު ރައީސެވެ. މީގެ ކުރިން އޭނާ ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އަދާކުރައްވައިފައެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗަރކުރުމުގެ ސިޔާސަތުގެ ދަށުން އާރްޑީސީ އުވާލައި، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީގެ ދަށަށް އަދި ފެނަކަ އުވާލައި އެ ކުންފުނީގެ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމިކަން ސަރުކާރުން އިއުލާނުކުރީ، ސެޕްޓެމްބަރު 7، 2026 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: