ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ.ގުރައިދޫގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ

ހާދިސާ ހިނގާފައިވާ ސަރަޙައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތ.ގުރައިދޫގައި ހިނގި މާރާމާރީއެއްގައި މީހަކު ޤަތުލުކޮށްލައިފާވާކަން ސަންގަށް ކަށަވަރުވެއްޖެއެވެ.

މި ކަމާއި ގުޅިގެން ތ.ގުރައިދޫގެ ކައުންސިލުގެ ރައީސް އަޙްމަދު ރަޝީދަށް ސަންގުން ގުޅައިލުމުން، ވިދާޅުވީ މިރޭގެ ވަގުތެއްގައި މަރާލައިފައި އޮއްވާ ފެނުނުމީހަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށެވެ.

މީގެ އިތުރުން އަޙްމަދު ރަޝީދު ވިދާޅުވީ، އޭނާ މަރުވެފައި އޮއްވާ ފެނުނީ، އޭނާ މަސައްކަތްކުރަމުން އަންނަ ސައިޓުގެ ކުރިމަތީގައި ހުންނަ ސައިޓެއްގެ ކައިރީގައިކަމަށެވެ.

މި ގޮތުން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމަށާއި، އޭނާގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާކަން ފާހަގަކުރެއްވޭކަމަށް ވެސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ. 

މި މައްސަލަ މިހާރު ފުލުހުން ތަޙްޤީޤުކުރަން ފަށާފައިވާކަމަށް ވެސް، އަޙްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: