ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ވެގެން ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރުން އަތުލި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

އެގޮތަށް ނިންމީ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބިންތައް އަތުލަން އަންގައި ފޮނުވި ސިޓީއާ ގުޅިގެން މިރޭ ބޭއްވި ކައުންސިލުގެ ކުއްލި ޖަލްސާއަށް ހުށަހެޅި ގަރާރަކުންނެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ބިންތައް އަތުލަން އެންގީ ރައީސް އޮފީހުގެ ސިޓީއަކުން އަންގައިގެން ކަމަށެވެ. މިނިސްޓްރީން އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ދީފައިވީ ނަމަވެސް، ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދީފައިނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައި މެމްބަރުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރަށް ގާނޫނު ހަނދާންކޮށްދޭން ޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހައުސިންގ މިނިސްޓަރ ޑރ. މުއްތަލިބް ބޭނުންފުޅު ވާއިރަށް ކައުންސިލްގެ ބެލުމުގެ ދަށުގައި ވާ ބިމެއް ނުނެގޭނެ ކަމަށެވެ. އެގޮތުން މެމްބަރު ޢާލިބް ވަނީ ބިންތައް ނެގުން ހުއްޓުމަށް ވަގުތީ އަމުރަކަށް އެދުމަށް ހުށައަޅާފައެވެ. އަދި ޑެޕިއުޓީ މޭޔަރ ވެސް ވަނީ މައްސަލަ ކޯޓަށް ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

މެމްބަރުން ފާހަގަކުރެއްވީ އެއީ ގާނޫނާ ހިލާފަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކެއް ނޫން ކަމެވެ. އެ ބިންތައް ނެގުމަށް ފުރުސަތު ދޭން އެއްބަސްނުވާނެ ކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި އެ ބިންތަކަކީ އެއީ ރައްޔިތުންނަށް ހިދުމަތްތަކެއް ދޭން ހުރި ބިންތަކެއް ކަމަށާއި މިހާރު ފެންނަނީ ރައީސްއަށް އެމަނިކުފާނުގެ ޒިންމާ އަދާ ނުކުރެވޭ މަންޒަރު ކަމަށް ވިދާޅުވެފައިވެއެވެ.

”ބިންތައް އަތުލީ ރައްޔިތުންނަށްވެސް އަދި ކައުންސިލަށްވެސް މަޝްވަރާއެެއް ނުކޮށް. ބިންތައް އަތުލީ ކީއްކުރަންތޯ. ކޮބާތޯ ކުރަން އުޅޭ ކަމަކީ ތި ބިންތައް އަތުލައިގެން. ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ލާމަރުކަޒީ ނިޒާމު ފުނޑާލަން“

މެމްބަރުން ވިދާޅުވީ ހަމަ ހުރެފައި މަޝްވަރާއެއް ނުކޮށް ބިންތައް ނެގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ސަރުކާރުގެ ނިންމުމަކީ ކައުންސިލްތަކުގެ ބިން ފޭރުން ކަމަށާއި އެކަން ކުރުމުގެ ފުރުސަތެެއް ނުދެއްވާނެ ކަމަށް ހުރިހާ މެމްބަރުންވެސް ވިދާޅުވިއެވެ.

މެމްބަރުން ވިދާޅުވީ އެ ފުރުސަތު ނުދިނުމަށް ކޯޓަށްވެސް ދާން ތައްޔާރު ކަމަށެވެ. އަދި ބިންތައް ނަގާނަމަ ސަރުކާރުން އެކަން ކުރަންޖެހޭނީ ގަދަބާރުން ކަމަށެވެ.

މީގެ އިތުރުން މެމްބަރުން ވިދާޅުވެފައިވަނީ ސަރުކާރުން ބިން ނެގިނަމަވެސް އެތަންތަނުގައި އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: