ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއު ނޯމަލްގައި ޓުއަރިޒަމް ފެށުމަށް ދެލިކޮޕީއެއް އެކުލަވާލިއިރު އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ: މަޓާޓޯ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް ހުޅުވާލުމާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް އެދި ޓޫރިޒަމް މިނިސްޓްރީން މަޖިލީހަށް އެ ގައިޑްލައިން ފޮނުވިއިރު ގައިޑްލައިންގެ ދެލިކޮޕީ ތައްުާރު ކުރުމަށް އެއްވެސް މަޝްވަރާއެއް ހޯދާފައި ނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕޮރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

ނިއު ނޯމަލްއެއްގައި ރާއްޖޭގެ ޓުއަރިޒަމް ފެށުމަށް ޓުއަރިޒަމް މިނިސްޓްރީން ” ސޭފް ޓުައަރިޒަމް ގައިޑްލައިން” އެއް ފެށުމަށް ގައިޑްލައިން އެއް އެކުލަވާލާފައިވާއިރު މަޓާޓޯއިން ވަނީ އެ ޖަމްއީއްޔާއާއި މަޝްވަރާކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކިށްފައެވެ.  އެގޮތުން މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގަައިޑްލައިންގެ ދެލިކޮޕީ އެކުލަވާލުމުގެ މަރުހަލާގައި އެ ޖަމިއްޔާ އާއި މަޝްވަރާކޮށްފައިނުވާ ކަމަށާއި ޓޫރިޒަމް މިނިސްޓްރީން އެ ޖަމިއްޔާގެ ހިޔާލު ހޯދުމަށް އެ ދެލިކޮޕީ ހިއްސާކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

މަޓާޓޯއިން ބުނި ގޮތުގައި  ހިޔާލު ހުށަހެޅުމަށް މިހާރު އެ ދެލިކޮޕީ ރިވިއުކުރުމުގެ މަސައްކަތް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު ކުރަމުންދާ ކަމަށާއި މިފަދަ ކަންކަމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތެއްގެ މަޝްވަރާ އާއި ހިޔާލު ހޯދުމަކީ މުހިއްމު ކަމެއް ކަމަށްވެސް މަޓާޓޯ އިން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ގައިޑްލައިން އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި “ސޭފް ޓޫރިޒަމް ގައިޑްލައިން” ގެ ފައިނަލް އުސޫލު ސަރުކާރުން އާއްމު ކުރާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ގައިޑްލައިންގެ ޑްރާފްޓްގައިވާ ގޮތުން ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓް ފަހަރަށް ހުޅުވާލަން މަސައްކަތް ކުރަނީ ޖޫން އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހު ހުޅުވާލާނެ އެވެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ޕްލޭން ކޮށްފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: