ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މުއައްސަސާއަކަށްވުން: ޝަހީމް

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ 2029 ވަނަ އަހަރުގެ ނިޔަލަށް މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މުއައްސަސާއަކަށް ހެއްދެވުމަކީ އެ ވުޒާރާގެ މައިގަނޑު އަމާޒު ކަމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ވަޤުފް މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އެ ވުޒާރާއިން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، އެ ވުޒާރާގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ މާލީ ވަސީލަތްތަކުން އެ ޚަރަދުތައް ހަމަޖެއްސުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒަކާތުގެ ފަންޑުތައް ބޭނުންކުރެވޭނީ ޝަރުޢީ ހަމަތަކުގެ މަތިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވަޤުފް އިންވެސްޓްމަންޓްތަކުން ލިބޭ މަންފާ ބޭނުންކުރާނީ އެ ވަޤުފެއް ކަނޑައެޅިފައިވާ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މީގެ އިތުރުން، މާތްﷲގެ އިރާދަފުޅާއެކު 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ 8 މަޝްރޫޢެއް ނިންމައި، އެ ވުޒާރާގެ މާލީ ބިންގާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މި އިސްނެގުމަކީ ރާއްޖޭގެ އިސްލާމީ ދަޢުވަތު ކުރިއެރުވުމަށްޓަކައި ވުޒާރާގެ މުއައްސަސާވީ ޤާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ދެކެއެވެ. އެގޮތުން މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުން، އިސްލާމީ ތަޢުލީމު ފުޅާކުރުން، އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން، އަދި ޤުރުއާން އުނގަންނައިދިނުމުގެ މަޝްރޫޢުތައް ހިންގުން ފަދަ ދީނީ އަދި އިޖުތިމާޢީ ތަރައްޤީގެ މުހިންމު ޚިދުމަތްތައް މީގެ ތެރޭގައި ހިމެނެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، މިއީ މާލީ މިނިވަންކަމާއި ދެމެހެއްޓެނިވި ވަޤުފް ތަރައްޤީއަށް އެޅޭ އިންގިލާބީ ފިޔަވަޅެއް ކަމަށާއި، އަދި މިއީ އަންނާން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދާއިރާއިން ދޫކޮށްލެވޭ އަގުހުރި ތަރިކައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: