ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެ އަނެއްކާވެސް ނޮމިނޭޓްވެއްޖެ

ރާއްޖޭގެ ރިސޯޓެއް/ ފޮޓޯ: އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026“ އަށް މިއަހަރު ވެސް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ. މިއީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލަށްދޭ މި ޝަރަފުވެރި އެވޯޑަށް ރާއްޖެ ވާދަކުރާ 7 ވަނަ އަހަރެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑު އެންމެ ފުރަތަމަ ރާއްޖެއަށް ލިބުނީ 2020 ވަނަ އަހަރުއެވެ. އޭގެފަހުން ރާއްޖެއިން ވަނީ 2020 އިން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް، ޖެހިޖެހިގެން ހަ އަހަރު މި އެވޯޑު ކާމިޔާބުކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ރެކޯޑެއް ޤާއިމުކޮށްފައެވެ.

މިއަހަރުގެ އެވޯޑަށް ވޯޓުލުމުގެ ފުރުސަތު މި ހިނގާ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑުގެ އިތުރުންވެސް، ވޯލްޑް ޓްރެވެލް އެވޯޑްސްގެ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އެކި ދާއިރާތަކުން ރާއްޖެއިން މީގެ ކުރިން ވެސް ގިނަ އެވޯޑުތަކެއް ވަނީ ކާމިޔާބުކޮށްފައެވެ.

ފަތުރުވެރިކަމާއި، ދަތުރުފަތުރާއި އަދި މެހުމާންދާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ވޯލްޑް ޓްރެވެލް އެވޯޑްސް ތަޢާރަފުކޮށް ދޭން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: