ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަބްލިއުއެޗްއޯގެ ”ޕެންޑެމިކް ޕްރެޕެއާޑްނެސް“ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިމަތިވެދާނެ ސިއްޙީ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވާލުން މުހިންމުކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގ އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ދިވެހިރާއްޖޭގައި ވަނީ ފަށާފައެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ޤައުމުތަކުން، ދުނިޔޭގެ ޞިއްޙީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ، ”ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް“ ފްރޭމްވޯކާއި، ”ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް“ އިތުރުން ޑަބްލިއުއެޗްއޯ ޖީއައިއެސްއާރްއެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމެވެ.

ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ ”ޕެންޑެމިކް ފަންޑް“ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ވަނީ ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަރކުރުމާއި، ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ދުރާލާ ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ސަރަހައްދީ މި މުހިންމު ރިވިއު ބައްދަލުވުން ރާއްޖޭގައި ބޭއްވުމާއި، މި ބައްދަލުވުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

  • ގައުމީ އޮނިގަނޑުތައް ހަރުދަނާވުން: ސަރަހައްދީ ރޯޑްމެޕްތަކާ (2026-2031) އެއްގޮތަށް ފަންނީ މަސައްކަތްތައް ބައްޓަންކުރުމަކީ، ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށާއި އެކަމާ ގުޅޭ ގައުމީ އިސްތިރާޖީތައް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ބާރެކެވެ. މީގެ ތެރޭގައި އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބަލިތަކާ ގުޅޭ އުސޫލުތައް އަދާހަމަކުރުން ހިމެނެއެވެ.
  • ބައިނަލްއަގުވާމީ އަދި ސަރަހައްދީ އެހީތެރިކަން އިތުރުވުން: ’ޕެންޑަމިކް ފަންޑް‘ ބޯޑުގައި މިނިސްޓަރު ޖީލާ ރާއްޖެ ތަމްސީލުކުރެއްވުމުގެ ސަބަބުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ނާޒުކު ހާލަތްތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމުގައި އިސްކަންދެވޭކަން ކަށަވަރުވެގެންދާނެއެވެ.
  • ގާބިލުކަން އިތުރުކުރުން: ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އާއި ޑަބްލިއު.އެޗް.އޯގެ ކަމާގުޅޭ މަރުކަޒުތައް ފަދަ ބައިނަލްއަގުވާމީ މާހިރުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިވުމުން، ރާއްޖޭގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތައްޔާރީތަކާއި، ލެބޯޓްރީ ތަހުލީލުތަކުގެ ފެންވަރާއި، ކްލިނިކަލް ރިސާޗް ނެޓްވޯކްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުން، ދުނިޔޭގެ ޞިއްޙީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: