ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީ ޑިޖިޓަލްއިން ނަގާފައިވާ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކިންގ ހިދުމަތްތައް އަންނަ މަހުން މެދުކެނޑޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް 1 ނޮވެމްބަރު 2026 އިން ފެށިގެން ބޭންކިންގ ހިދުމަތްތައް މެދުކަނޑާލުމަށް ނިންމައިފިއެވެ.

މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

އެހެންކަމުން، އެއްވެސް ކަހަލަ ހުރަހެއް ނެތި ހިދުމަތްތައް ބޭނުން ކުރުމަށް، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ފެސިލިޓީއަށް ފައިސާ ދައްކައި ހަލާސްކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން އިލްތިމާސްކުރެއެވެ. ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ހަލާސްކުރުމުން އެއް ދުވަސް ތެރޭގައި އަލުން ހިދުމަތް ލިބޭނެއެވެ.

ކަސްޓަމަރުންގެ އެއްވެސް އޯވާޑިއުއެއް ވާނަމަ، ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ހިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލުން އެސްއެމްއީ ޑިޖިޓަލް އިން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެއެވެ.

އިތުރު މައުލޫމާތު ނުވަތަ އެހީތެރިކަން ހޯއްދެވުމަށް، އެސްއެމްއީ ޑިޖިޓަލްގެ 1613 އަށް ގުޅުއްވައިގެން ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: