ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ޚުޠުބާ: ލޮކްޑައުންކޮށްފައިވާ ރަށްރަށުގެ އަހުލުވެރިންނަށް ހަނދާންކޮށްދެނީ ކޮންކަމެއް؟

މާލޭ ކަޅުވަކަރު މިސްކިތް- ފޮޓޯ: ކޯރަލް ސްޓޯންސް މޮސްކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިންވަރުފުޅުން މިވަނީ ވަރުގަދަ އިމްތިޙާނެއް ކުރިމަތި ކުރައްވާފައިކަމަށާއި، މި ދަނޑިވަޅުގައި ހުކުރުނަމާދު މިސްކިތުގައި ނުކުރެވޭ ރަށްރަށުގެ އަހުލުވެރިން ގޭގައި، މެންދުރު ނަމާދާއި އެހެނިހެން ނަމާދުތައް އަދާކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

އަދި މި ހާލަތުން ސަލާމަތްކޮށްދެއްވުން އެދި މަސައްކަތްކުރުމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މި ގޮތުން ކޮންމެ މީހަކުވެސް، ކުރަންޖެހޭ މުހިންމު ކަންތައްތަކަށް ޚުޠުބާގައިވަނީ އަލިއަޅުވައިލާފައެވެ.

އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކީ ކެތްތެރިވުންކަމަށާއި، އެއާ އެކު ފަރުޟު ނަމާދަށް ފަރުވާ ބެހެއްޓުންކަމަށް އަންގާފައިވެއެވެ.

މީގެ އިތުރުން، ސަޖިދައިގައި ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމާއެކު، ސަބަބުތަކުގައި ހިފުންކަމަށް އަންގާފައިވެއެވެ. 

މި ގޮތުން ސަބަބުތަކުގައި ހިފުމަކީ ހަމައެކަނި ބޭސްކުރުން އެކަންޏެއް ނޫންކަމަށާއި، އޭގެ އިތުރުން ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭކަމަށް ވެސް ޚުޠުބާގައިވެއެވެ.

ހަމަ އެހެންމެ ސައިބޯނިލައިގެން އަތް ދޮވުމާއި، ޢާންމު ސާފުތާހިރުކަމާއި، ގައިދުރުކަން(ސޯޝަލް ޑިސްޓެންސިން) ދެމެހެއްޓުމާއި، ޒަރޫރީކަމެއް މެދުވެރިވެގެން މެނުވީ، ގެއިން ބޭރަށް ނުނިކުތުމަކީ ވެސް ސަބަބުތަކުގައި ހިފުންކަމަށް ޚުޠުބާގައިވެއެވެ. 

މީގެ އިތުރުން ޚުޠުބާގައި ވަނީ، މި ދަނޑިވަޅުގައި ދަތި ޙާލުގައިޖެހިފައި ތިބި މީހުންނަށް ވެސް، މާޔޫސް ނުވުމަށް އިލްތިމާސްކޮށްފައެވެ.

އަދި ﷲ ގެ ހަޟްރަތުން، އަވަސް ޝިފާއާއި ހެޔޮގޮތް މިންވަރު ކުރައްވާނެކަމަށް އުއްމީދުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: