ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭއިން ކޮވިޑް-19އިގެ ތަހުލީލުތައް ކުރަންފަށައިފި

ފޮޓޯ:އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭގައި ކޮވިޑް-19 އަށް ތަހުލީލުކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ. 

ހުކުރުވިލޭރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އިގެ ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، އޭޑީކޭގައި ވެސް މިހާރު ކޮވިޑް-19 އަށް ތަހުލީލުކުރަން ފަށާފައިވާކަމަށާއި، މި ގޮތުން ދުވާލެއްގެ މައްޗަށް އެ ހޮސްޕިޓަލުން 500 ޓެސްޓު ހެދޭނެކަމަށެވެ. 

މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗުގައި ވެސް އައު އެކްސްޓެރެކްޝަން މެޝިނެއް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.

އަދި އެ މަސައްކަތް ނިމުމުން، އައިޖީއެމްއެޗުން ދުވާލެއްގެ މައްޗަށް 600 ޕީސީއާރު ޓެސްޓު ހެދޭނެކަމަށް ވެސް ވިދާޅުވިއެވެ. 

ރާއްޖޭގައި މިހާރު ކޮވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، އައިޖީއެމްއެޗްގެ ލެބޯޓްރީންނާއި، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީންނެވެ.

މަބްރޫކް ވިދާޅުވިގޮތުގައި ފުލުހުންގެ ލެބޯޓްރީގައި ދުވާލެއްގެ މައްޗަށް 145 ޓެސްޓުކުރެވޭނެއެވެ. 

މީގެ އިތުރުން، އެސްޓީއޯއިން ވެސް އަންނަނީ، އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އަދި ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މި ގޮތުން ރާއްޖޭގައި ކޮވިޑަށް ޓެސްޓުކުރެވޭ އަދަދު ކުރިއަށްއޮތް ތަނުގައި އިތުރުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: