ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ މަޝްރޫއުގައި ސަރުކާރުން ޑިއު ޕްރޮސެސް ފޮލޯ ނުކުރޭ: މަތީން

އެމްޑަބްލިޔުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދާއިރު ސަރުކާރުން އެކަމާ ގުޅޭ ”ޑިއު ޕްރޮސެސް“ ފުރިހަމަ ނުކުރައްވާ ކަމަށާއި، އެތަން ތަރައްގީ ކުރުމުގެ އެއްވެސް ޑިވެލޮޕްމެންޓް ޕްލޭނެއް ވެސް ނެތް ކަމަށް އެމްޑަބްލިޔުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ވަނީ ދާދިފަހުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

މަތީން ވިދާޅުވީ، ރަސްމާލޭގެ ކަންކަން ވެސް ހިނގާނީ ރިސޯޓުތައް ހިންގާ އުސޫލުން ކަމަށާއި، އެތަން މިނިސްޓަރަށް ފެނިވަޑައިގަންނަވަނީ ފަޅުރަށެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެތަނުގައި ކަމެއް ހިނގައިގެން ނޫނީ ފުލުހުން އެތަނަށް ނުދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ އެ ވާހަކަތަކުން އެނގެނީ ރަސްމާލޭގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ޑިވެލޮޕަރުކަން ކަމަށް މަތީން ވިދާޅުވިއެވެ. އެތަނުގައި ދިވެހި ދައުލަތުގެ ކޮންޓްރޯލް އޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މަތީން ސުވާލު އުފެއްދެވީ، މާލޭގައި ގަވާއިދާ ޚިލާފަށް 100,000 އެއްހާ ބިދޭސީން އުޅެމުންދަނީ ދައުލަތުގެ ބާރު ނުހިނގާތީތޯއެވެ.

”މާލޭގެ ކޮންމެ އިންޗިއަކަށް ފުލުހުންގެ ބާރު ނުހިނގަނީތޯ؟ އެއްލައްކަ ބިދޭސީން ތި ފެންނަނީ އަންޑޮކިއުމެންޓެޑް. މާލޭގެ ހުރިހާ ކުދި ވިޔަފާރިއެއް ކޮންޓްރޯލް ކުރަނީ ބިދޭސީން. ކޮންސްޓްރަކްޝަން އިންޑަސްޓްރީއެއް ކަމުގައި ވިޔަސް އެހެން އިންޑަސްޓްރީއެއް ކަމުގައި ވިޔަސް، ހުރިހާ ވިޔަފާރިއެއް ކޮންޓްރޯލް ކުރަނީ ބިދޭސީން. މާލެއަށް އަންނަ ހުރިހާ ތަރުކާރީއެއް ކޮންޓްރޯލް ކުރަނީ ބިދޭސީން. އެއީ ގާނޫނުތައް ނެތިގެންތޯ، ގާނޫނުތައް ތަންފީޒު ނުކުރެވިގެންތޯ؟“ އޭނާ ވިދާޅުވިއެވެ.

މަތީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއުގައި ހިނގާ ކަންކަން ބައްލަވަން ސަރުކާރުގެ ބޭފުޅުން ތިއްބަވާނެ ދުވަހެއް ނާންނާނެއެވެ. ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ނިމި ދައުރު ހަމަވާއިރު، އެ މަޝްރޫއު ރަނގަޅަށް ނުވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޝްރޫއާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރެވެމުންދާއިރު ވެސް ގާނޫނީ ހަމަތަކާއި ޑިއު ޕްރޮސެސް ސަރުކާރުން ފުރިހަމަ ނުކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މީގެއިތުރުން، ރަސްމާލެ ތަރައްގީ ކުރާނެ ގޮތުގެ އެއްވެސް ޑިވެލޮޕްމެންޓް ޕްލޭނެއް ސަރުކާރުގައި ނެތް ކަމަށް މަތީން ވިދާޅުވިއެވެ. އެގޮތުން އެތަނުގެ ފުރަތަމަ ޕްލޭނަކީ 55,000 ގޯތި ދިނުން ކަމަށް ބުނި ނަމަވެސް، އެކަމުގެ ޕްލޭނެއް ވެސް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ. މަތީން ވިދާޅުވީ މައްސަލައަކީ ހެޔޮވެރިކަމުގެ ނިޒާމު ނުވަތަ ”ގުޑް ގަވަރނެންސް“ ނެތުން ކަމަށާއި، ހެޔޮ ވެރިކަމެއްގެ ސިފައެއް ހުރި ނަމަ މިފަދަ ކަންކަމުގައި ރައްޔިތުންނާ މަޝްވަރާ ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: