ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ އަގު އުފުލުމުން ސަބްސިޑީ ހޭދަ 4.3 ބިލިއަނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ކުރާ މާލީ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުން ގެންދާއިރު، މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ 4.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ސަބްސިޑީގެ ހޭދަ މި މިންވަރަށް އިތުރުވެފައި މިވަނީ، މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ 2.9 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް 1.4 ބިލިއަން ރުފިޔާ ހޭދަވެގެންނެވެ.

މިއަހަރުގެ މާޗް މަހުގެ ތެރޭގައި މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔުމަކީ މި ހޭދަ އިތުރުވުމުގެ މައިގަނޑު ސަބަބެވެ. އޮކްޓޫބަރު 8 ގެ ނިޔަލަށް ސަބްސިޑީ ބަޖެޓުން އިތުރުވި 1.4 ބިލިއަން ރުފިޔާގެ އެންމެ ބޮޑު ބައެއް ހޭދަކުރަން ޖެހިފައިވަނީ ތެލުގެ ސަބްސިޑީއަށެވެ. އެހެން ނަމަވެސް، މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ޖީބަށް އަންނާނެ މާލީ ބުރަ ކުޑަކުރުމަށްޓަކައި އެ ހޭދަ ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ދައުލަތުގެ ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ. އެގޮތުން ބޭރުފައިސާގެ ޤާނޫނު ތަންފީޒުކޮށް، ބޭންކުތަކަށް ވަންނަ ޑޮލަރު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ފައިސާ ޖަމާކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ބޭރުގެ ދަރަނި އަދާކުރުމަށް މިހާތަނަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން ސުކޫކް ސެޓްލްމަންޓަށް އެ ފަންޑުން 350 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ.

ތެލުގެ ސަބްސިޑީއަށާއި ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވި ނަމަވެސް، އިތުރު ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ދައުލަތުގެ ބަޖެޓް ޑެފިސިޓް އެއްގުނަ ނުވަތަ ސިންގަލް ޑިޖިޓެއްގައި ހިފެހެއްޓުމަށް ސަރުކާރުން އަންނަނީ އިސްކަންދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: