ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުއަކީ މި ސަރުކާރުން ފެށުނީއްސުރެ ހަދަމުން އަންނަ ގޯސްތަކުގެ ސިލްސިލާގެ ބައެއް: މަތީން

އެމްޑަބްލިޔުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުއަކީ މި ސަރުކާރުން ފެށުނީއްސުރެ ހަދަމުން އަންނަ ގޯސްތަކުގެ ސިލްސިލާގެ ބައެއް ކަމަށް އެމް.ޑަބްލިއު.އެސްއީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވީ، ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރަސްމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ، ރާއްޖޭގައި ނެޝަނަލް ޑިވެލޮޕްމަންޓްގެ މިސްރާބު ހުރީ ރަނގަޅަކަށް ނޫންކަމަށެވެ. އެގޮތުން، މާލެ ސަރަހައްދަށް އެކަނި ހުރިހާ އެންމެން ތޮއްޖައްސައިގެން ސަރުކާރުން ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ އެކި މަޝްރޫއުތަކަށް ބަދަލުތަކެއް އަންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

 ”މާލެ ސަރަހައްދަށް އެކަނި ހުރިހާ އެންމެން ތޮއްޖައްސައިގެން ސަރުކަރުން ކުރާ މަސައްކަތަކަށް ބަދަލުތަކެއް އަންނަންޖެހޭ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ މަރުކަޒުތައް ހެދެންޖެހޭ. ދިވެހިރާއްޖޭގައި ނެޝަނަލް ޑިވެލޮޕްމަންޓުގެ މިސްރާބު ހުރީ ރަނގަޅަށް ނޫން،“ މަތީން

ރަސްމާލެ މަޝްރޫއުއާ އޭނާ ދެކޮޅުވީ ނުވަތަ ވިސްނުން ތަފާތުވީ މިއަދަކު ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކަން ފެށި ހިސާބުންވެސް އޭނާ އެކަމާ ދެކޮޅު ކަމަށެވެ. އެގޮތުން އެތަނުގައި ސިޓީއެއް ހަދައިގެން މީހުން އާބާދުކޮށް މާލެ ސަރަހައްދަށް އަނެއްކާވެސް ދިވެހި ރައްޔިތުން ތޮއްޖެއްސުމުގެ ވިސްނުމާމެދު އޭނާ އަބަދުވެސް ދެކޮޅުކަމަށް ތަކުރާރުކުރެއްވިއެވެ.

މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކަން ފެށުމުންވެސް މިހާރުގެ އިގްތިސާދީ ހާލަތާއި އަދި ތިމާވެއްޓަށް ބަލާއިރުވެސް ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ރައީސް ޑރ. މުއިއްޒުއަށް ދެންނެވިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވާހަކަ ނުދައްކަވަން ރައީސް އޭނާއަށް އެންގެވިކަމަށް މަތީން ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުއަކީ މި ސަރުކާރުން ފެށުނީއްސުރެ ހަދަމުން އަންނަ ގޯސްތަކުގެ ސިލްސިލާއެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ، ރަސްމާލެއަށް ހަރަދުކުރާ އަދަދުވެސް ސާފުނުވާކަމަށާއި އެއްވެސް ކަމެއް ހާމަކޮށް ނޭނގޭކަމަށެވެ. އަދި ރަސްމާލެއަށް ހަރަދުކުރާ ވަރުގެ ބަޖެޓެއް ހިފައިގެން އަތޮޅު ތެރޭގައި ސިޓީއެއް ގާއިމުނުކުރެވެނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

”އެވަރުގެ ބަޖެޓެއް ހިފައިގެން އައްޑޫ ސިޓީ އައްޑޫ އަތޮޅަށް ގޮސް ކީއްވެހޭ އައްޑޫ ސިޓީގައި އެތަނެއް ސިޓީއެއް ގާއިމުނުކުރެވުނީ. ލާމު އަތޮޅަށް ކީއްވެހޭ އެރިއޭ ގާއިމުނުކުރެވުނީ. ހާދާލަށް ކީއްވެހޭ ނުކުރެވުނީ. ރާއްޖެގަ ބިންނެތީކީ ނޫނޭ. ބިން އެބަހުއްޓޭ ރާއްޖެގަ. ބައިވަރު ރީތި ބައިވަރު ބޮޑެތި ސަރަހައްދުތައް އެބަހުއްޓޭ،“ މަތީން

މާލެ ސަރަހައްދަށް އެކަނި ހުރިހާ ރައްޔިތުން ތޮއްޖައްސައިގެން ބޯހިޔާވަހިކަމުގެ ނަމުގައި ހިންގަމުންދާ މަޝްރޫއުތަކަށް ބަދަލުތަކެއް އަންނަންޖެހޭކަމަށް މަތީން ތަކުރާރުކުރެއްވިއެވެ. އޭނާ ވަނީ ސަރުކާރަކަށް މާލޭ ސަރަޙައްދު އެކަނި ފެންނަންޏާ އެއީ ރާއްޖޭގެ ރައްޔިތުންގެ ބޮޑު އާބާދީއަކަށް ލިބެމުން އަންނަ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މާލޭ ސަރަހައްދަށް ރާއްޖެތެރޭގެ ރަށްރަށުގެ މީހުން ތޮއްޖެހޭތާ މިހާރު ގާތްގަނޑަކަށް 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އަތޮޅު ތެރެއިން ރައްޔިތުން މާލެ އަންނަން މަޖުބޫރުވަނީ ތައުލީމާއި ސިއްހީ ފަރުވާއަށާއި އެކަހަލަ އަސާސީ ޚިދުމަތް ހޯދުމަށް ކަމަށެވެ. އެ ހުރިހާ ސަބަބުތަކެއް ސާފުކޮށް އެނގެން ހުއްޓާ އަނެއްކާވެސް މި ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ރަސްމާލެ ހިއްކުމަކީ ބޮޑު ގޯހެއް ކަމަށާއި އެކަން އެހެން ނުކުރުމަށް ރައީސްއަށް ދެންނެވިކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

އޭގެ އިތުރުން، މި ސަރުކާރަށް ތިން އަހަރުވެގެން ދިޔައިރުގައި ރަސްމާލެ ހިއްކައި ނުނިމޭކަން ފާހަގަކުރައްވައި، އެތަނުގައި ރައްޔިތުން އާބާދުވާނީ ކޮން ޒަމާނަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ރަސްމާލޭގެ ބަދަލުގައި ލާމު އަތޮޅު ތަރައްގީކުރިނަމަ މިހާރު އެތަނުގައި މީހުން ދިރިއުޅޭނެ ބޮޑު ސިޓީއެއް ގާއިމުކުރެވުނީސްކަމަށް މަތީން ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެކަމުގެ މަންފާ ލިބުމުގެ އިތުރުން ރައީސް ޑރ. މުއިއްޒުއަށް ވެސް އެކަމުގެ ސިޔާސީ މަންފާ ލިބުނީސްކަމަށް އޭނާ ވިދާޅުވިއެވެ.

މަތީން ވަނީ ރަސްމާލެ މަޝްރޫއުއާ އޭނާ ދެކޮޅީ ތަރައްގީގެ އެއްވެސް ވިސްނުމެއް އަދި ވަށާޖެހޭ ދުރުވިސްނުމެއް ނެތުމުންކަމަށް ވިދާޅުވެ ދިވެހިރާއްޖޭގައި ނެޝަނަލް ޑިވެލޮޕްމަންޓުގެ މިސްރާބު ހުރީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: