ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 މަހުގެ ކުއްޖާއަށް ޑޮކްޓަރުންގެ ޓީމުތަކުން ފަރުވާދިން، ނަމަވެސް ފުރާނަ ސަލާމަތް ވާގޮތެއްނުވި: އޭޑީކޭ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 21 ވަނަ ދުވަހު ފަރުވާދެމުންދިޔަ 4 މަހުގެ ތުއްތުކުއްޖާއަށް އިމަރޖެންސީ ފިޒިޝަންއަކާ، ޑޮކްޓަރުންގެ ޓީމުތަކުން ފަރުވާދިންކަމުގައި ވިޔަސް، އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްވާގޮތެއް ނުވިކަމަށްނުވިކަމަށް އޭޑީކޭއިން ބުނެފިއެވެ.

އޭޑީކޭއިން މިކަން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއްކުރިން ނެރުނު ނޫސްބަޔާނެއްގައެވެ.

މި ގޮތުން އޭޑީކޭއިން ބުނީ، އެ ތުއްތު ކުއްޖާ އިމަރޖެންސީއާއި ހަމައަށް ގެނެވުމާއެކު އިމަރޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފައާއެކު ފަރުވާކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން ކުއްޖާގެ ބަލި ދެނެގަތުމަށްޓަކައި އަލްޓްރާ ސައުންޑް އާއި ސިޓީ ސްކޭން ހަދާފއިވާނެކަމަށްވެސް އޭޑީކޭއިން ބުނެއެވެ. 

އޭޑީކޭއިން ބުނީ، ކުއްޖާގެ ހާލަތު ބަދަލުވުމާއި ގުޅިގެން، ފުރާނަ ސަލާމަތްކުރުމަށްޓަކައި، އިމަޖެންސީ ފިޒިޝަންއަކާ، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ކުއްޖާއަށް ފަރުވާދީފައިވާކަމަށެވެ.

ހަމައެއާއެކު އޮޕަރޭޝަން ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ކުއްޖާއަށް ފަރުވާދީފައިވާކަމަށާއި،  އެހެނަސް އެ ތުއްތުކުއްޖާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއްނުވިކަމަށް އޭޑީކޭއިން ބުނެއެވެ. 

އޭޑީކޭއިން ބުނީ މި ހާދިސާއާއި ބެހޭގޮތުން ކުއްޖާގެ ޢާއިލާއާއި މަޢުލޫމާތު ހިއްސާކޮށްފައިވާނެކަމަށެވެ. 

އަދި މި ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އަމަލުކުރަން އެ ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީތަކާ އެއްގޮތްވާގޮތުގެ މަތިން، ތަފްސީލު ރިވިއުއެއް ހަދަން ފަށާފައިވާކަމަށާއި، އެ ރިވިއު ނިމުމުން މަޢުލޫމާތުތައް އެ ކުއްޖާގެ ޢާއިލާއާއި ހިއްސާކުރާނެކަމަށް ވެސް އޭޑީކޭއިން ބުނެއެވެ. 

މި ހާދިސާއާއި ގުޅިގެން އޭޑީކޭގެ މެނޭޖުމަންޓުންނާއި، މުވައްޒަފުން ވަނީ، ތުއްތު ކުއްޖާގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: